ތިން ރަށެއްގައި މަސް ފެކްޓްރީ އަޅަން ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފި

ތިން ރަށެއްގައި މަސް ފެކްޓްރީ އަޅަން ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފި

Author
ޙަސަން މުޙައްމަދު
14 އޭޕްރިލް 2024 08:33
0

ތިން ރަށެއްގައި މަސް ފެކްޓްރީ އަޅަން ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް އާ ހަވާލު ކޮށްފި އެވެ.

ސަރުކާރުން ބުނީ 175 މިލިއަން ޑޮލަރު މަޝްރޫއުގެ ދަށުން މ ޅ. ފެލިވަރު ފެކްޓްރީގެ ކެޕޭސިޓީ ބޮޑު ކުރުމުގެ ގޮތުން ގދ. ފިޔޯރީ އާއި ދ. މާދެލީ ގައި މަސް ފެކްޓްރީ ހަދާނެ ކަމަށެވެ. މިއީ މުޅިން އަލަށް މަސް ފެކްޓްރީ ހަދާ ދެ ރަށެވެ.

ޗައިނާ ކުންފުންޏަށް ހަވާލުކުރި މަޝްރޫއު ގައި ފެލިވަރުގެ ކެޕޭސިޓީ އިތުރު 100 ޓަނަށް ބޮޑު ކުރެވޭނެ މިންވަރަށް ތަރައްގީ ކުރާނެ އެވެ. ފިޔޯރީ ގައި ހަދާނީ 100 ޓަނުގެ މަސް ޕްރޮސެސް ކުރެވޭނެ ފެކްޓްރީ އެކެވެ. މީގެ އިތުރުން މާދެލީ ގައި 50 ޓަނުގެ މަސް ޕްރޮސެސް ކުރެވޭނެ ފެކްޓްރީއެއް އަޅަން ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.