"ސުޕަ ސޯލްޖާ" އަށް ކެޓްރީނާ ތައްޔާރުވަނީ

"ސުޕަ ސޯލްޖާ" އަށް ކެޓްރީނާ ތައްޔާރުވަނީ

Author
ފާތިމަތު ނާވީ
13 އޭޕްރިލް 2024 06:07
0

ބަތަލާ ކެޓްރީނާ ކެއިފްގެ ސުޕަހީރޯ ފިލްމު "ސުޕަ ސޯލްޖާ" ގެ މަސައްކަތް ވަރަށް އަަހަށް ފަށާނެކަމުގެ އިޝާރާތެއް އެ ފިލްމުގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ދީފި އެވެ.

މި ފިލްމަކީ ވަރަށް ގްރޭންޑް ކޮށް ހަދާ ބޮޑު ބަޖެޓުގެ ފިލްމްއެއް ކަމަށް ވެއެވެ. އެގޮތުން މި ފިލްމް އުފައްދަނީ 300 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ކަމަށް މީޑިއާއިން އަންނަނީ ބުނަމުންނެވެ.

 

View this post on Instagram

 

A post shared by Katrina Kaif (@katrinakaif)

 

ބޮލީވުޑްގެ ފުރަތަމަ އަންހެން ސުޕަހީރޯގެ ގޮތުގައި ހަދާ "ސުޕަ ސޯލްޖާ" އަކީ ދެ ބަޔަކަށް ބޮޑު ބަޖެޓަކުން ހަދާނެ ފިލްމެކެވެ. ބައެއް މީޑިއާތަކުން ކުރިން ބުނެފައިވާ ގޮތުގައި މި ފިލްމަކީ އަލީ އާއި ނެޓްފްލިކްސް ގުޅިގެން ހަދާ ފިލްމެކެވެ.

ކެޓްރީނާއާ އާއި އެކުގައި ސުޕަހީރޯ ފިލްމެއް ހަދަން ނިންމާފައި ވާއިރުގައި ކެޓްރީނާއަކީ އަލީގެ ވަރަށް ބޮޑު ފެވަރިޓެކެވެ. ކެޓްރީނާ ވަނީ އޭނަގެ 3 ފިލްމެއް މިހާތަނަށް ކުޅެފައިވެއެވެ.

 

View this post on Instagram

 

A post shared by Ali Abbas Zafar (@aliabbaszafar)

ކެޓްރީނާ އާއި އަލީ އެންމެ ފަހުން އެކީގައި މަސައްކަތްކުރި ފިލްމަކީ 2019 ގެ "ބާރަތު" އެވެ. އެ ދެ މީހުން އެކީގައި ގެނެސްދިން ފިލްމުތަކުގެ ތެރޭގައި "ޓައިގާ ޒިންދާ ހޭ" އާއި "މޭރޭ ބްރަދާ ކީ ދުލްހަން" ހިމެނެ އެވެ.

"ސުޕަ ސޯލްޖާ" ގެ ވާހަކަ އެންމެ ފުރަތަމަ ދެކެވުނީ 2020 ގެ ތެރޭގަ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.