މިދުވަސްކޮޅު ރަންބީރު އުޅެނީ ވަރުގަދަ ޓްރެއިނިންގ ތަކެއްގައި

މިދުވަސްކޮޅު ރަންބީރު އުޅެނީ ވަރުގަދަ ޓްރެއިނިންގ ތަކެއްގައި

Author
ފާތިމަތު ނާވީ
13 އޭޕްރިލް 2024 01:27
0

އެކްޓަރު ރަންބީރު ކަޕޫރު ވަރުގަދަ ޓްރެއިނިންގ ތަކެއް ހަދާ ވީޑިއޯއެއް އާންމުކޮށްފިއެވެ.

މި ވީޑީއޯ އާންމު ކޮށްފައިވަނީ ރަންބީރު ގެ ޓްރެއިނަރު އެވެ. ސޯޝަލް މީޑިއާއަށް އޭނާ ދޫކޮށްލި މި ވީޑިއޯ ކޮޅުގައި ފެނިގެންދަނީ ރަންބީރު ވަރަށް ވަރުގަދަ ޓްރެއިނިންގ ތަކެއްގައި އުޅެނިކޮންނެވެ.

ރަނބްީރު ވ ަރަށް ފޯރީގައި ކަސްރަތުތައް ކޮށް، އޭނަ ހަށިގަނޑު ފިޓްކުރަން ކުރިއަށް ގެންދާ މި ޓްރެއިނިން އަކީ މިދިޔަ ހަފުތާގައި ޝޫޓިން ފެށި ޑައިރެކްޓަރު ނިތޭޝް ތިވާރީގެ "ރާމާޔަން" ގައި ކުޅޭ ކެރެކްޓާގެ ތައްޔާރީގެ ތެރެއިން ކުރިއަށް ގެންދާ ޓްރެއިނިންއެކެވެ.

 

View this post on Instagram

 

A post shared by Training With Nam (@trainingwithnam)

ރަނބްީރު ފާހަގަ ކުރެވިފައި ވަނީ އަބަރުވެސް ވަރަށް ބޮޑަށް ކުޅޭ ކެރެކްޓާ އަކަށް ތައްޔާރު ވާ ތަރިއެއްގެ ގޮތުގައިއެވެ. އެގޮތުން މީގެ ކުރިންވެސް ފިލްމްގެ ރޯލުތަކަށް ފިޓް ވުމަށް އޭނާ ވަނީ ހަށިގަނޑަށް ތަފާތު ބަދަލުތަށް ގެނެސްފައިއެވެ. އެގޮތުން ވެސް އެންމެ ފާހަގަ ކޮށްލެވެނީ އޭނާގެ އެންމެ ފަހުގެ ފިލްމް "އެނިމަލް"އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.