ފަލަސްތީނުގެ މެމްބަރުކަމާ މެދު އދ.ގެ ސަލާމަތީ މަޖިލީހުން "އެއްބަސްވުމަކަށް" ނާދެވުނު

ފަލަސްތީނުގެ މެމްބަރުކަމާ މެދު އދ.ގެ ސަލާމަތީ މަޖިލީހުން "އެއްބަސްވުމަކަށް" ނާދެވުނު

އދ.ގެ ފުރިހަމަ މެމްބަރުކަން ހޯދުމަށް ފަލަސްތީނުން ކުރި ބިޑާ މެދު އދ.ގެ ސަލާމަތީ މަޖިލީހުގެ މެމްބަރުންނަށް ބުރާސްފަތި ދުވަހު އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. އަދި އެ މަސައްކަތް މިހާރު ކުރިއަށް ދަނީ ކައުންސިލްގެ ރަސްމީ ވޯޓަކަށް ކަމަށް ބެލެވެ އެވެ.

ފަލަސްތީނަކީ 2012 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އިދާރާގައި އޮބްޒާވަރުގެ ދަރަޖަ ލިބިފައިވާ ގައުމެކެވެ. ފުރިހަމަ މެންބަރުކަން ހޯދުމަށް އެތައް އަހަރެއް ވަންދެން އެމީހުން ލޮބީކޮށްފައިވާ އިރު، އެބަދަލު އަތުވެއްޖެނަމަ އެއީ ފަލަސްތީނުގެ ދައުލަތެއްގެ ދަރަޖަ ބަލައިގަތުން ކަމުގައި ވެގެން ދާނެއެވެ.

އދ.ގެ މެމްބަރު ގައުމަކަށް ވުމަށް އެދޭ ކޮންމެ އެދުމެއް އެންމެ ފުރަތަމަ ފާސްކުރަން ޖެހޭނީ އިޒްރޭލުގެ ބައިވެރިޔާ އެމެރިކާއަށް ވީޓޯގެ ބާރު އޮންނަ ސަލާމަތީ މަޖިލީހުގެ ތެރެއިންނެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ފަލަސްތީނުން ވަނީ 2011 ވަނަ އަހަރު އދ.ގެ މެންބަރުކަމަށް އެދި ހުށަހެޅި އެޕްލިކޭޝަން މިދިޔަ ހަފުތާގައި އަލުން އިއާދަކޮށް، ސަލާމަތީ މަޖިލީހުން ރަސްމީކޮށް ރިވިއު ކުރުމުގެ މަރުހަލާއެއް ފަށައިފަ އެވެ.

އޭގެ ތެރޭގައި ކައުންސިލްގެ މެމްބަރު ގައުމުތަކުގެ މައްޗަށް އެކުލެވިގެންވާ އެޑްހޮކް ކޮމެޓީއެއް ވެސް ހިމެނެ އެވެ. އޭޕްރީލް މަހު ކައުންސިލްގެ ރޮޓޭޓިން ޕްރެޒިޑެންސީގައި އިންނެވި މޯލްޓާގެ ސަފީރު ވެނެސާ ފްރެޒިއާ، ބަންދު ކޮށްގެން ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވީ، "އިއްތިފާގެއް ނެތް" ކަމަށެވެ. ނަމަވެސް ދެބައިކުޅަ އެއްބައި މެންބަރުން ތިއްބެވީ ފުލް މެމްބަރޝިޕަށް ތާއީދުކުރައްވާ ކަމަށް އެކަމަނާ ވިދާޅުވީ ކޮން ގައުމެއް ކަމެއް ހާމަނުކުރައްވައެވެ.

އޮބްޒާވަރުން ލަފާކުރާ ގޮތުގައި ސެކިއުރިޓޠ ކައުންސިލްގައި އެ މައްސަލައަށް ބޭނުންވާ 15 ވޯޓުގެ ތެރެއިން ނުވަ ވޯޓު ލިބުނަސް އެމެރިކާއިން ވީޓޯ ކުރާނެ އެވެ.

ފަލަސްތީނުގެ އދ.ގެ މަންދޫބު ރިޔާދު މަންސޫރު މިހަފްތާގެ ކުރީކޮޅު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، "އަޅުގަނޑުމެން އެދެނީ ގައުމުތަކުގެ މުޖުތަމައުގެ ތެރެއިން އަޅުގަނޑުމެންގެ ހައްގު ޖާގަ ހޯދުން" ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *