އަނެއްކައިވެސް އާލިއާ އަށް ހޮލީވުޑްގެ ފިލްމްއެއް

އަނެއްކައިވެސް އާލިއާ އަށް ހޮލީވުޑްގެ ފިލްމްއެއް

Author
ފާތިމަތު ނާވީ
11 އޭޕްރިލް 2024 07:37
0

ބަތަލާ އާލިއާ ބަޓް އަށް އަނެއްކައިވެސް ހޮލީވުޑްގެ ފިލްމް އަކުން ފުުރުސްތު ލިބިއްފައިވާ ކަމަށް މުނިފޫހި ފިލުވުމުގެ ދާއިރާގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނެފިއެވެ.

އިންޓަނޭޝަނަލް ޕްރޮޖެކްޓަކުން އަނެއްކައިވެސް އޭނާ އަށް ފުރުސަތު ލިބިފައިވާއިރުގައި މީޑިއާތަކުން ބުނީ ހުނަރުވެރި، ކާމިޔާބު ބަތަލާ އަށް މި ފަހަރު ފުރުސަތު ލިބުނީ ޑައިރެކްޓަރު ގުރިންދަރު ޗައްޑާގެ އާ ފިލްމުން ކަމަށެވެ.

ގުރިންދަރަކީ އިންޑިއާ ދަރިކޮޅުގެ އިނގިރޭސިވިލާތުގެ ޑައިރެކްޓަރެކެވެ. "ބެންޑް އިޓް ލައިކް ބެކަމް" އާއި "ޕްރައިޑް އެންޑް ޕްރެޖުޑައިސް" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްތަރުގެ ފިލްމް އަކުން އާލިއާ އަށް ފުރުސަތު ލިބިފައިވާ ކަމަށާއި އަދި އޭނާ އެފިލްމް އަށް އާނ ބަސް ބުނެފައިވާ ކަމަށް މީޑިއާއިން ރިޕޯޓް ކުރެއެވެ.

މިއީ ޑިޒްނީއާ ގުޅިގެން ހަދަން ނިންމާފައި ފިލްމެކެވެ. މިހާރު ސްކްރީންޕްލޭ ވެސް ނިންމާފައި އޮތް ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ އިންޑިއާގެ ޕްރިންސެސްއަކަށެވެ. މީގެ ސްކްރީންޕްލޭ ލިޔުނީ ގުރިންދަރާއި ޕޯލް މަޔޭޑާ އެވެ.

އާލިއާ ގެ އެންމެ ފުރަތަމަ އިންޓަނޭޝަންލް ފިލްމް އަކީ މިދިއަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން ފިލްމް "ހާޓް އޮފް ސްޓޯން" އެވެ. ޓޮމް ހާޕާ ޑައިރެކްޓްކުރި އެ އެކްޝަން ސްޕައި ތުރިލާގެ ކާސްޓްގައި ގަލް ގެޑޯ އާއި ޖެމޯ ޑޯނަން ވެސް ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.