ކުރީގެ ރައީސް އިބުރާހިމް މުހައްމަދު ސާލިހު އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލްވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސް ސާލިހު އައްޑޫ ސިޓީއަށް ވަޑައިގެންނެވީ އެމްޑީޕީ މަޖިލިސް ކެމްޕެއިނަށް ފުވައްމުލައް ސިޓީއަށް ކުރެއްވި ދަތުރުފުޅަށްފަހުއެވެ. އާރްޓީއެލްގައި އައްޑޫ ސިޓީ، ފޭދޫއަށް ބަނދަރަށް ރައީސް ސާލިހު ވަޑައިގެންނެވުމުން، އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމާއި އައްޑޫ މޭޔަރު އަލީ ނިޒާރުގެ އިތުރުން އެމްޑީޕީ ޓިކެޓުގައި އައްޑޫ ސިޓީއަށް ވާދަކުރައްވާ ކެންޑިޑޭޓުންނެވެ.
ދެކުނުގެ އަތޮޅުތަކަށް ރައީސް އިބޫ ކުރައްވާ ދަތުރުފުޅު މިއަދާއި މާދަމާ އައްޑޫގައި މަޑުކުރައްވާނެއެވެ. އަދި އެއަށްފަހު ހުވަދުއަތޮޅަށް ވަޑައިގަންނަވާނެއެވެ.