ދާންދޫގެ 44 އަހަރުގެ އަންހެނަކު ގެއްލިގެން ފުލުހުން ހޯދަން ފަށައިފި

ދާންދޫގެ 44 އަހަރުގެ އަންހެނަކު ގެއްލިގެން ފުލުހުން ހޯދަން ފަށައިފި

Author
ހުސެއިން
10 އޭޕްރިލް 2024 11:32
0
ގއ. ދާންދޫ، ނޫވިލާ، ޝަޒިއްޔާ އިބްރާހިމް، 44 އަހަރު އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް އޭޕްރިލް 08 ވަނަ ދުވަހުގެ 10:55 އެހައިކަންހާއިރު ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މުވައްސަސާއިން ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ ޝަޒިއްޔާ އިބްރާހިމް ދިރިއުޅެނީ މާލޭގައިކަމަށާއި އޭނާގެ ފޯނަށް ނުގުޅޭތާ ތިން ހަފްތާ ވެފައިވާކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.