"ޒީ ރިޝްތޭ އެވޯޑްސް" ގައި އަންކިތާ ލޯކަންޑޭ އާއި "ޕަވިތުރަ ރިޝްތާ"ގެ ޓީމުން ސުޝާންތު ސިންގް ރާޖްޕުތަށް ޓްރިބިއުޓެއް ދީފިއެވެ.
ސޯޝަލްމީޑިޔާގައި ހިއްސާކޮށްފައިވާ ވީޑިއޯއިން ފުރަތަމަ ފެނިގެންދަނީ އަންކިތާ އޭނާގެ ނެށުމުގެ ބައިވެރިއަކާއެކު ސުޝާންތުގެ ފިލްމުތަކުގެ ލަވަތަކަށް ނެށުމެއް ހުށައަޅައިދޭތަނެވެ. އަދި އޭނާ "ޕަވިތުރަ ރިޝްތާ" ގައި ހެދުންއަޅާގޮތަށް ހެދުން އަޅައިގެން އައިސް، އެ ޑްރާމާގެ ޓައިޓަލް ޓްރެކަށް ނެށުމެއް ހުށައަޅައިދޭތަންވެސް ފެނިގެންދެއެވެ.
އެއަށްފަހު، ފެނިގެންދަނީ ޑްރާމާގައި ސުޝާންތުގެ މަންމަގެ ބައި ކުޅުނު އެކްޓަރ އުޝާ ނަދްކަރްނީ، ސުޝާންތާ ބެހޭގޮތުން ވާހަކަދައްކާތަނެވެ. ފެންކަޅިވެފައި ހުރެ އުޝާ ކިޔައިދީފައިވަނީ މާނަވް(ޑްރާމާގައި ސުޝާންތުގެ ނަން) އަކީ ޑްރާމާގައި ވަރަށް މަޑުމައިތިރި ކުއްޖެއްކަމަށާއި ނަމަވެސް ކެރެކްޓަރ އިން ބޭރުން ވަރަށް މަޖާކުރާ ކަމަށެވެ. ފުރަތަމަކޮޅު ސަމާސާކުރުމުން ރުޅިއަންނަ ކަމަށާއި ފަހުފަހުން އޭނާވެސް ސަމާސާކޮށް މަޖާކޮށް ހެދިންކަމަށް އުޝާ ބުންޏެވެ. އަދި މިހާރު މާނަވް އުޅެނީ އޭނާގެ ހިތުގެ ތެރޭގައި ކަމަށްވެސް އުޝާ ބުންޏެވެ.
ނިންމާލުމަށް އަންކިތާ ވާހަކަދައްކަމުން ބުނެފައިވަނީ ސުޝާންތުގެ މަތިން ވަރަށް ހަނދާންވާ ކަމަށާއި, އަބަދުވެސް އެހެންމީހުންގާތު ހުވަފެންތައް ދެކެން ބުނާމީހާ، ހަމައެކަނި ހުވަފެނުން ފެންނާނެކަމަކަށް ދުވަހަކުވެސް ހީނުކުރަން ކަމަށެވެ. އަދި މުޅި ޓީމުވެސް ސުޝާންތު މަތިން ހަނދާންކުރާކަމާއި މި ވާހަކަތައް އޭނާއަށް މި ގޮތަށް ދައްކަންޖެހޭނެކަމަށް ދުވަހަކުވެސް ހީނުކުރަން ކަމަށް އަންކިތާ ބުންޏެވެ. ވާހަކަދައްކާ ނިމުނު އިރު އަންކިތާއަށް ކަރުނަތައް ހިފަހައްޓާލައިގެން ހުރެވުނީ ކިރިޔާއެވެ.
އެންމެންގެ ހިތްތައް ރޮއްވާލުމަށްފަހު 34 އަހަރުގެ ސުޝާންތު އޭނާ ދިރިއުޅޭ ގޭގައި ދަންޖެހިފައި ހުއްޓާފެނިފައިވަނީ މިއަހަރުގެ ޖޫންމަހުގެ 14 ވަނަ ދުވަހުއެވެ. ޓީވީ އެކްޓަރެއްގެ ގޮތުގައި މުނިފޫހި ފިލުވުމުގެ ދާއިރާއަށް ނުކުއިތް ސުޝާންތު ބޮލީވުޑަށް ނުކުތީ 2013 ވަނަ އަހަރުގެ ފިލްމު "ކައި ޕޯ ޗޭ" އިންނެވެ. އޭގެ ފަހުން ކާމިޔާބު ފިލްމު ތަކަކުން އޭނާ ވަނީ ފެނިގެންގޮސްފަ އެވެ.
"ޒީ ރިޝްތޭ އެވާޑްސް" ހަފްލާ ޒީ ޓީވީން ގެނެސްދޭނީ މިމަހު 27 ގައެވެ.