އިލާހީ ޤާނޫނާއި ފުށުއަރާ އެއްވެސް ޤާނޫނަކަށް މުސްލިމުން ޢަމަލުކުރަން ނުޖެހޭނެ ކަމުގައި ދީނީ ޢިލްމުގެވެރިޔާ ޝައިޚު އިލިޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.
ކްރިސްޓިއަނުން ކޮންމެ އަހަރެއްގެ ފަހުކޮޅު ފާހަގަކުރާ އެމީހުންގެ ހާއްސަ ދުވަސް "ކްރިސްމަސް ޑޭ" ފާޙަގަ ކުރުމަށް ޤާނޫނާއި މަތިކޮށް ބައެއް ފަރާތްތަކުން ދައްކަވަމުންދާ ވާހަތަކާއި ގުޅިގެން ޝައިޚް އިލްޔާސް ވިދާޅުވީ ޤާނޫނަކީ ތިމާމެން ބޭނުންހާ ގޮތަކަށް އަމަލު ކުރުމަށް ބޭނުން ވަގުތަކު ފަރުމާ ކުރެވިދާނެ އެއްޗެއްކަމަށެވެ. ނަމަވެސް ޤާނޫ އެކުލަވާލާ ފަރާތްތަކުންވެސް މުސްލިމުންގެ މައްޗަށް ބާވާލައްވާފައިވާ ޤާނޫނާއި ފުށުއަރާގޮތަށް ގާނޫނު ހަދައިގެން ދީނީ ގޮތުން ކުރުން ހުއްދަ ނުކުރާކަންކަން ކުރުމަށް އެހަދާ ޤާނޫނުތައް މަތި ކުރުމަކީ ދެއްކޭނެ ހުއްޖަތެއް ނޫންކަމަށެވެ.
Christmas fahangakurumah thaeedhu kurumakee Allah ge ekkauvanthakan gaboolu nukura kamuge hekkeh
thima beynunva kameh hasilkurumah ganoonuthah
hedhiyas Ilaahee ganoona fushu'ara evves ganoonuthakah muslimun amalkuran nujeheyne pic.twitter.com/ZmdDnC1u0g— Ilyas Hussain (@shkilyas) December 19, 2020
ކްރިސްޓިއަނުން ކޮންމެ އަހަރެއްގެ ފަހުކޮޅު ފާހަގަކުރާ އެމީހުންގެ ހާއްސަ ދުވަސް "ކްރިސްމަސް ޑޭ" ފާޙަގަ ކުރުމަށް ގިނަ އަދަދެއްގެ ޓުވަރިސްޓުން މުދުވަސްވަރު ރާއްޖެއަށް އަންނައިރު، މިކަމުގައި ބައެއް ދިވެހިވެސް ދަނީ ޝައުގުވެރިކަން ފާޅުކުރަމުންވެ. އަދި މިދުވަހުގެ ތަހުނިޔާ އެފަރާތްތަކަށް އަރިސްކުރަމުންނެވެ. މިކަމާއި ގުޅިގެން ޝައިޚު ވިދާޅުވީ ކްރިސްމަސް އަކީ ނަޞޯރާދީނުން އެބައިމީހުންގެ ކަލާންގެ ކަމަށްދެކޭ އީސާ އަލައިހިސަލާމް އާއި ގުޅުވައިގެން އެމީހުންގެ އަޤީދާއާއިގުޅޭ މުޤައްދަސް ފެސްޓިވަލެއް ކަމަށެވެ. މި ކަމުގައި އެއްވެސް މުސްލަމަކު އެއްވެސް ހައިސިއްޔަތަކުން ބައިވެރުވުމަކީ ހުއްދަ ވެގެންވާ ކަމެއް ނޫންކަމަށް ޝައިޚް ޒައިދު ވިދާޅުވިއެވެ.
ރާއްޖޭގެ މިހާރު ލޯކަލް ޓުވަރިޒަމްވެސް ފުޅާވެފައި އޮތުމާއިއެކު ބައެއް ލޯކަލް ޓުވަރިޒަމް އޮތް ރަށްތަކުގައިވެސް މީގެ ކުރީ އަހަރުގައި މިދުވަސް ފާހަގަކުރަންއުޅުންު ވަނީ އެކަން ނުކުރުމަށް އެރަށްތަކުގެ ކައުންސިލުން ވަނީ އަންގާފައެވެ.
ކްރިސްމަސް ދުވަހު އެކަކު، އަނެކަކަށް ތަހުނިޔާ ކިޔާ ހެދުމަކީ ކަނޑައެޅިގެން ހުރި ބޮޑު މުންކަރާތެކެވެ. އަޅުގަނޑުމެންނަށް އަމުރު ކުރެވިގެންވަނީ އެބައިމީހުންނާ ތަފާތުވެ، ރަސޫލު الله صلى الله عليه وسلم ގެންނެވި ހިދާޔަތުގެ ތެދުމަގުގައި ހިފުމަށެވެ.
ކޮމެންޓު ފޮނުވާ