"ރުސްލާން" ގެ ޓްރެއިލާ ދައްކައިލައިފި

"ރުސްލާން" ގެ ޓްރެއިލާ ދައްކައިލައިފި

Author
ފާތިމަތު ނާވީ
09 އޭޕްރިލް 2024 09:31
0

2018 ވަނަ އަހަރުގެ ފިލްމު "ލަވްޔާތުރީ"އިން ބޮލީވުޑް އަށް ތައާރަފްވި ޒުވާން އެކްޓަރު އާޔޫޝްގެ 3 ވަނަ ފިލްމު "ރުސްލާން"ގެ ޓްރެއިލާ އާއްމުކޮށްފިއެވެ.

އާޔޫޝްގެ "ރުސްލާން" މި މަހުގެ 26 ގައި ސިނަމާތަކަށް ދޫކޮށްލަން ނިންމާފައިވާ އިރު، މި އެކްޝަން ތުރިލާގައި އޭނަ ކުޅެފައިވާ ވަރުގަދަ އެކްޝަން ރޯލެކެވެ. ފިލްމްގެ ޓްރެއިލާ އިން ވަރުގަދަ އެކްޝަން މަންޒަރުތަށް ފެނިގެންދެއެވެ.

ސްރީސަތިޔާސައި އާޓްސްގެ ބެނާގެ ދަށުން ކޭކޭ ރާދަމޯހަން ޕްރޮޑިއުސްކުރާ މި ފިލްމަކީ ކަތިޔާން ޝިވްޕޫރީ ޑައިރެކްޓްކޮށްފައިވާ ފިލްމް އެކެވެ.  މި ފިލްމް އިން ބޮލީވުޑްއަށް އައު ތަރި އަކު ލިބިގެން ދާނެއެވެ. އެގޮތުން ސުޝްރީ މިޝްރާ މި ފިލްމް އިން ބޮލީވުޑް އަށް ތައާރަފް ވާނެއެވެ. އިތުރުން ސައުތު ތަރި ޖަގަޕަތީ ބާބޫ އާއި "ޗަކް ދޭ އިންޑިއާ" އިން ވިދާލި ވިދްޔާ މަލަވަޑޭ ވެސް މުހިއްމު ރޯލުތަކުން ފެންނާނެ އެވެ.

 

View this post on Instagram

 

A post shared by Salman Khan (@beingsalmankhan)

އާޔޫޝް ބޮލީވުޑަށް ނުކުތީ ސަލްމާން ޕްރޮޑިއުސްކުރި 2018 ގެ "ލަވްޔަތުރީ" އިންނެވެ. އޭގެ ފަހުން 2021 ގެ "އަންތިމް" ގައި ސަލްމާނާ އެކީ އާޔޫޝް މަސައްކަތްކޮށްފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.