ކުދިން އިސްލާހު ކުރުމަށް ބަންދު ކުރުމާއި މަދަނީ ޖަމިއްޔާތަކުން ދެކޮޅު

ކުދިން އިސްލާހު ކުރުމަށް ބަންދު ކުރުމާއި މަދަނީ ޖަމިއްޔާތަކުން ދެކޮޅު

ގުޅުންހުރި

އއ. ރަސްދޫގެ މިސްކިތެއްގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފެންމަތިވެ ސީރިޔަސް މައްސަލައެއް ގޮތުގައި ފުލުހުން އެމައްސަލަ ބަލާ އަދި އަނިޔާކޮށް ގަނާ ކުރުމުގައި ބައިވެރިވި ކުދިން ހައްޔަރު ކުރުމަށް ގިނަ ބަޔަކު ގޮވާލަމުން ދަނިކޮށް، ބަންދުކޮށްގެން ކުޑަކުދިން އިސްލާހުކުރުމަކީ އެންމެ ރަނގަޅު ނިންމުން ނޫން ކަމަށާއި އެކަމުގެ ސަބަބުން ލިބޭނީ ގެއްލުން ކަމަށް ބުނެ މަދަނީ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިކަމާ ގުޅިގެން މަދަނީ އެކި ޖަމިއްޔާތައް ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ ހާދިސާއާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެ ހާދިސާގައި އަނިޔާވި ކުއްޖާއަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި ދައުރުވަމުންދާ ވީޑިއޯގައި ކުޑަކުދިންގެ މަންޒަރުތައް ހިމެނޭތީ އެ ކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އަމަލުތައް ހުއްޓުވަން ވެސް ގޮވާލާފައި ވެއެވެ.

އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްރަން (އާކް)، ފެމިލީ ލީގަލް ކުލިނިކް، ހޯޕް ފޮ ވިމެން، ޓްރާންސްޕޭރެންސީ މޯލްޑިވްސް އަދި އުތެމާ ގުޅިގެން ނެރުނު ބަޔާނުގައި ބުނީ މިފަދަ މައްސަލަތައް ތަކުރާރު ވިޔަނުދިނުމަށް މަސައްކަތް ކުރަން ޖެހޭނީ ކަމާ ބެހޭ މުއައްސަސާތަކާއި މުޖުތަމައު ގުޅިގެން ކަމަށެވެ.

މިފަދަ ހާދިސާތަކަށް ހައްލު ނުވަތަ އިންސާފު ހޯދުމަކީ މުޖުތަމައު ގުޅިގެން، މުޖުތަމައުގެ ބައިވެރިވުމާއި އެހީތެރިކަމާ އެކު ކުރުން މުހިންމު ކަންކަން ކަމުގައި މި ޖަމްއިއްޔާތަކުން ގަބޫލުކުރަމެވެ.

އެ ބަޔާނުގައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ މުޖުތަމައުގެ ރައްކާތެރިކަމާއި އަމަނާ ގުޅޭ އެންމެހާ ކަންކަމަކީ ރައްޔިތުންނާއި މުޖުތަމައުއާ ގުޅޭ ކަންކަމަށް ވާއިރު، މި މަޝްވަރާތަކުގައި މުޖުތަމައުގެ ބައިވެރިވުން އޮތުމަކީ މުހިންމު ކަމެއްކަމަށް ވެސް ދެކޭ ކަމުގައެވެ.

އއ. ރަސްދޫގައި ކުއްޖަކަށް ހަނގާކޮށް، އަނިޔާ ކުރި މައްސަލައާ ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ސަރުކާރުން ގިނަ އިސްލާހުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ކުށުގެ މަސްއޫލިއްޔަތު އަދާކުރަންޖެހޭ އުމުރު 15 އަހަރުން 12 އަހަރަށް ބަދަލު ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް އުޝާމް ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ