ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު ހަނގު ކުރުމަކީ ހައްލެއް ނޫން: ޝަމީމް

ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު ހަނގު ކުރުމަކީ ހައްލެއް ނޫން: ޝަމީމް

Author
ޙަސަން މުޙައްމަދު
07 އޭޕްރިލް 2024 02:42
0

ކުށުގެ ވެށިން ކުޑަކުދިން ސަލާމަތް ކުރުމަށް، ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު ހަގު ކުރުމަކީ ހައްލެއް ނޫން ކަމުގައ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ، އއ. ރަސްދޫގައި ކުޑަކުއްޖަކަށް ގަނާ ކުރި ދެ ކުޑަކުދިންނަށް އަދަބު ދިނުމަށް ގިނަބަޔަކު ގޮވާލަމުން ދަނިކޮށް، އަލުން ޕޯސްޓުކުރި، 2022 ވަނަ އަހަރު އޭނާގެ ބްލޮގްގައި ޝާއިއުކުރެއްވި ލިޔުމެއްގައެވެ.

މި ލިޔުމުގައި ޝަމީމް ވިދާޅުވެފައިވަނީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ކުށްކުރާ ކުޑަކުދިންނަށް ދެނީ ފަރުވާ ކަމަށާއި އަދަބު ނޫން ކަމަށެވެ. އަދި އެންމެންވެސް ކުޑައިރު ކުށްކުރެވިފައި ހުންނާނެ ކަމަށް ވިދާޅުވަމުން ޝަމީން ވިދާޅުވީ އެހުރިހާ ކުށަކަށް އަދަބުދީ، ޖަލަށްލީ ހެދި ނަމަ، މިއަދު މިވާހަކަ ދައްކާނެ ބަޔަކު މުޖްތަމައުގައި ނުތިބޭނެ ކަމުގައެވެ.

ޝަމީމްގެ ފޭސްބުކްގައި ލިޔުއްވާފައިވާ މި ޕޯސްޓުގައި ވިދާޅުވެފައިވަނީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ކުށްކުރާ ކުޑަކުދިންނަށް ދެނީ ފަރުވާ ކަމަށާއި އަދަބު ނޫންކަމުގައެވެ.

އަދި ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު ހަގު ކުރުމަކީ ވެސް މިކަމުގައި އޮތް ހައްލެއް ނޫންކަމަށް ޝަމީމް ވިދާޅުވެފައި ވެއެވެ. އެގޮތުން ޝަމީމް ވިދާޅުވެފައިވަނީ އުމުރު ހަގުކޮށްގެން، ކުށެއް ކުރެވޭ ހަމަ ކޮންމެ ކުއްޖަކު ޖަލަށް ލައިފި ނަމަ، އެ އުފެއްދެނީ ކުށްވެރިންގެ ޖީލެއް ކަމަށާއި، އެކުދިންނަށް ރަނގަޅުވާން ބޭނުންވާނެ ސަބަބެއް ނުފެންނާނެ ކަމުގައެވެ. އޭގެ ނަތީޖާއަކީ، ކުށުގެ ތެރޭގައި އެކުދިންގެ އުމުރު ދުއްވާލަން ފަސްނުޖެހުންކަމަށްވެސް ޝަމީމްގެ ލިޔުމުގައި އޭނާ ވިދާޅުވެފައި ވެއެވެ.

މިކަންކުރެވޭނެ ފަންނީ މީހުން ދިވެހިރާއްޖޭގައި އެބަތިއްބެވެ. ކުށްކުރާ އުމުރުގައި މިއުޅޭ ފަންސާހަކަށް ކުދިންނަށް، ދައުލަތުން ފޯކަސްކޮށްގެން ޕްރޮގްރާމް ހިންގިއްޖެ ނަމަ، މިކަން ވާނީ ކާމިޔާބު އިންވެސްޓްމަންޓަކަށެވެ.

ޝަމީމް ވިދާޅުވެފައި ވެއެވެ.

.އއ. ރަސްދޫގައި ކުއްޖަކަށް ހަނގާކޮށް، އަނިޔާ ކުރި މައްސަލައާ ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެފައިވަނީ ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ސަރުކާރުން ގިނަ އިސްލާހުތަކެއް ގެންނަން ނިންމާފައިވާ ކަމަށާއި، އެގޮތުން ކުށުގެ މަސްއޫލިއްޔަތު އަދާކުރަންޖެހޭ އުމުރު 15 އަހަރުން 12 އަހަރަށް ބަދަލު ކުރަން ސަރުކާރުން ނިންމާފައިވާ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.