ރާއްޖޭގެ ރައްޔިތުންގެ މަޖިލިހަށް ވައްދަން ހެޔޮ ނުވާވަރުގެ 20 ވަރަކަށް މެމްބަރުން މިހާރު ކުރިޔަށްދާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގަ ވާދަކުރަމުންދާ ކަމުގައި ރައީސް މުއިއްޒުގެ އިސް މުޝީރު އަބުދުއްރަހީމް ވިދާޅުވެޖެއެވެ.
ރޭ މާލޭގައި ކުރިޔަށްދިޔަ، އޭނާގެ ކެމްޕޭން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަބުދުއްރަހީމް ވިދާޅުވީ މިހަރު މަޖިލިހުގަ ތިބި މެމްބަރުންގެ ކިރިޔާވެސް އިޚްލާސްތެރިކަމެއް ހުރިނަމަ ގައުމު މިހާލަތަށް ނައީސް ކަމުގައެވެ.
އެމީހުންނަކީ ގައުމާއި ރައްޔިތުންނަށް ހެޔޮ އެދޭބައެއް ނަމަ، ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލިގެންދާފަދަ ކަންތައްތައް ކުރިމަތިކޮށް، އަނގައިން ނުބުނެ ހަނު ތިބޭ ބަޔަކަށް އެބައި މީހުންނެއް ނުވީސް. އެހެންވީމަ އަޅުގަޑު މި ދަންނަވަނީ ރައީސް މުއިއްޒު ތާއީދު ކުރައްވާ ކޮންމެ ކެނޑިޑޭޓަކީ ތެދުވެރިކަމާ އިޚްލާސްތެރިކަމާއެކީގަ ރައްޔިތުން އިސްކޮށްގެން މަސައްކަތް ކުރާނެ ކެނޑިޑޭޓެއް ކަމާމެދަކު އަޅުގަޑުގެ ހިތުގަ ކުޑަވެސް ޝައްކު ކަމެއް ނެތް. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް އެއްގޮތަކަށް ވައްދަން ހެޔޮ ނުވާވަރުގެ ވިއްސަކަށް މެމްބަރުން މި އިންތިޚާބުގަ މި އިންތިޚާބުގަ އެބަ ވާދަކުރޭ.
އަބުދުއްރަހީމް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ސިޔާސި ސިޔާސީ ގޮތުން އެމަނިކުފާނު އެންމެ ފަހުވެރިވާ ބޭފުޅަކީ އިސް ވަޒީރު އަބްދުއްރަހީމްކަމަށާއި، މެންބަރެއްގެ ގައިގައި ހުންނަން ޖެހޭ ހުރިހާ ސިފައެއް އަބުދުއްރަހީމްގެ ކިބައިގައި އެބަހުރި ކަމަށެވެ.
ކޮމެންޓު ފޮނުވާ