ތާޕްސީގެ ވެޑިން ވީޑީއޯއެއް ވައިރަލް ވެއްޖެ

ތާޕްސީގެ ވެޑިން ވީޑީއޯއެއް ވައިރަލް ވެއްޖެ

Author
ފާތިމަތު ނާވީ
07 އޭޕްރިލް 2024 01:35
0

ވަރަށް ސިއްރުން ބަތަލާ ތާޕްސީ ޕަންނޫ ކުރި ކައިވެނީގެ ވީޑިއޯއެއް ވައިރަލް ވެއްޖެއެވެ.

މިދިއަ މަހުގެ ފަހުކޮޅު ތާޕްސީ އޭނާގެ ދުވަސްވީ ލޯބިވެރިއާ މެތިއަސް ބޮއީއާ ކައިވެނި ކުރަން އުޅޭ ކަމުގެ އަޑުތަކެއް އެރިއެއްވެ. އަދި ބައެއް ނޫސްތަކުން އެމީހުން ސިއްރުން ކައިވެނި ކުރިކަށް ވެސް ބުނެފައިއެވެ.

ނަމަވެސް މީޑިއާގައި ދެކެވުނު އެއްވެސް ވާހަކައަކަށް ތާޕްސީ ރައްދުދީފައިއެއް ނުވެއެވެ. އަދި އޭނާ ކައިވެނި ކުރި ކަމަށް ވެސް ބުނެފައިއެއް ނުވެއެވެ. ނަމަވެސް މިހާރު ވަނީ ތާޕްސީގެ ކައިވެނީގެ ވީޑީއޯއެއް ވައިރަލް ވެފައިއެވެ.

 

View this post on Instagram

 

A post shared by Koimoi.com (@koimoi)

 

ތާޕްސީގެ ލޯބިވެރިޔާ މެތިއަސް އަކީ ޑެންމާނަށް އުފަން ބެޑްމިންޓަން ކުޅުންތެރިއެކެވެ. އެ ދެ މީހުން ރައްޓެހިގެން އުޅޭތާ 10 އަހަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.