ﷲ ތަޢާލާގެ ރަޙްމަތްފުޅުން މިއުންމަތަށް ތައުބާގެ ދޮރު ވަނީ ހުޅުވިފައެވެ!

ﷲ ތަޢާލާގެ ރަޙްމަތްފުޅުން މިއުންމަތަށް ތައުބާގެ ދޮރު ވަނީ ހުޅުވިފައެވެ!

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم, وبعد:

ﷲ ތަޢާލާގެ ރަޙްމަތްފުޅުން މިއުންމަތަށް ތައުބާގެ ދޮރު ވަނީހުޅުވިފައެވެ. އެއީ އިންސާނާ ނޭވާހޮޅިއަށް އެޅިއްޖެއުމަށް ދާންދެން ނުވަތަ ހުޅަނގުފަރާތުން އިރުއަރައްޖެއުމަށް ދާންދެނެވެ.

ތައުބާނަމާދަކީ މުސްލިމަކަށް ﷲ ތަޢާލާއަށް އުރެދޭ ކަމެއްކުރެވެމުން ކުރާ ނަމާދެކެވެ. އެ އުރެދުމަކީ ކުޑަ ނަވަތަ ބޮޑު އުރެދުމެއްކަމުގައި ވިޔަސްމެއެވެ. މުސްލިމަކަށް ފާފައެއް ކުރެވުމުން ވަގުތުން އެފާފައިން ތައުބާ ވެގަތުމަށް އަވަސްވެގަތުން ވާޖިބުވެގެންވެއެވެ. ހަމަކަށަވަރުން ﷲ ތަޢާލާއަކީ ފާފަފުއްސަވާ ރަޙްމާންވަންތަ ރަޙީމްވަންތަ އިލާހެވެ. ނަމާދަކީ އަޅާ ﷲ ތަޢާލާއާ އެންމެ ބޮޑަށް ކުއްތަންވެވޭ އެއްޢަމަލެވެ. އެހެންކަމުން އަޅާ ތައުބާވުމަށް ޤަސްދުކުރާއިރު، ﷲ ތަޢާލާ އޭނަގެ ތައުބާ ޤަބޫލުކުރައްވާ ފާފަފުއްސައްވާނެ، ވަޞީލަތެއްގެ ގޮތުން ދެރަކުޢަތް ނަމާދެއްކުރުމީ އެދެވިގެންވާ ކަމަކެވެ.

ޢިލްމުވެރިންވަނީ ތައުބާ ނަމާދަކީ ޝަރުޢު ވެގެންވާ ނަމާދެއްކަމަށް ޢިޖުމާޢުވެފައެވެ. އަދި ތައުބާވުމަށްޓަކައި ނަމާދަކީ މުސްތަޙައްބު ވެގެންވާ ކަމެއްކަމުގައި ސުންނަތުގެ ހަތަރު މަޒުހަބުގައި ވަނީ އިއްތިފާޤުވެފައެވެ. މިކަމާއި ބެހޭގޮތުން އައިސްފައި ހުރި ޙަދީޘްތަކުގެ ތެރެއިން ދެޙަދީޘެއް ބަޔާންކޮށްލާނަމެވެ.

1. ފުރަތަމަ ޙަދީޘަކީ އަބޫދާވޫދުގެ ޙަދީޘެކެވެ. (ޙަދީޘް ނަމްބަރު:1521). އަލްޙާފިޡު އިބުނު ޙަޖަރު ވަނީ ފަތުޙުލްބާރީގައި މިޙަދީޘް ޙަސަން ދަރަޖައިގެ ޙަދީޘެއްކަމަށް ވިދާޅުވެފައެވެ. އަދި އަލްބާނީ ވަނީ މިޙަދީޘް ޞަޙީޙް އަބޫ ދާވޫދުގައި ޞައްޙަ ކުރައްވާފައެވެ.

عنأبيبَكْرٍالصديقرَضِيَاللَّهُعَنْهُأَنَّهُقَالَ : سَمِعْتُرَسُولَاللَّهِصَلَّىاللَّهُعَلَيْهِوَسَلَّمَيَقُولُ : ( مَامِنْعَبْدٍيُذْنِبُذَنْبًافَيُحْسِنُالطُّهُورَ ، ثُمَّيَقُومُفَيُصَلِّيرَكْعَتَيْنِ ، ثُمَّيَسْتَغْفِرُاللَّهَإِلَّاغَفَرَاللَّهُلَهُ ، ثُمَّقَرَأَهَذِهِالْآيَةَ : "وَالَّذِينَإِذَافَعَلُوافَاحِشَةًأَوْظَلَمُواأَنْفُسَهُمْذَكَرُوااللَّهَفَاسْتَغْفَرُوالِذُنُوبِهِمْوَمَنْيَغْفِرُالذُّنُوبَإِلَّااللَّهُوَلَمْيُصِرُّواعَلَىمَافَعَلُواوَهُمْيَعْلَمُونَ").

މާނައީ:  ﷲ ތަޢާލާ ރުއްސުންލެއްވި އަބޫބަކުރު އައްޞިއްދީޤުގެ ފަރާތުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ރަސޫލާ ޞައްލަ ﷲ ޢަލަހިވަސައްލަމް ޙަދީޘްފުޅު ކުރައްވަނިކޮށް އަޑުއެއްސެވީމެވެ. "އެއްވެސް އަޅަކު ފާފައެއް ކުރެވުމުން ފުރިހަމައަށް ވުޟޫކުރުމަށްފަހު ދެރަކްޢަތް ނަމާދެއް ކުރުމަށްފަހު ﷲއަށް އިސްތިޣުފާރު ކޮށްފިނަމަ އެމީހަކަށް ﷲތަޢާލާ ފާފަނުފުއްސަވާ އެއްވެސް އަޅަކު ނުވެއެވެ. އެއަށްފަހު މިއާޔަތް ކިޔަވާ ވިދާޅުވިއެވެ. ("وَالَّذِينَإِذَافَعَلُوافَاحِشَةًأَوْظَلَمُواأَنْفُسَهُمْذَكَرُوااللَّهَفَاسْتَغْفَرُوالِذُنُوبِهِمْوَمَنْيَغْفِرُالذُّنُوبَإِلَّااللَّهُوَلَمْيُصِرُّواعَلَىمَافَعَلُواوَهُمْيَعْلَمُونَ"މާނައީ: އަދި، އެއުރެންނީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކޮށްފިނަމަ، ނުވަތަ އެއުރެންގެ ނަފްސުތަކަށް އަނިޔާވެރި ވެއްޖެނަމަ، (އެބަހީ: ކިތަންމެ ކުޑަނަމަވެސް ފާފައެއް ކޮށްފިނަމަ) ﷲ ހަނދުމަކޮށް، އެއުރެންގެ ފާފަތައް ފުއްސެވުންއެދި ދުޢާކޮށް އުޅޭމީހުންނެވެ. ﷲފިޔަވައި ފާފަފުއްސަވާނީ ފަހެ ކާކުހެއްޔެވެ؟ އަދި، އެއުރެން ދެނެތިބި ޙާލު އެއުރެންކުޅަ ކުށުގެ މަތީގައި ދެމިއެއް ނުތިބެއެވެ." (3:135)

2. ދެވަނަ ޙަދީޘަކީ މުސްނަދު އަޙްމަދުގައިވާ ޙަދީޘެކެވެ. (ޙަދީޘް ނަމްބަރު:26998). މުސްނަދު އަޙްމަދުގެ މުޙައްޤިޤުން ވިދާޅުވަނީ މިޙަދީޘުގެ ސަނަދަކީ ޙަސަން ދަރަޖައިގެ ސަނަދެއް ކަމަށެވެ. އަދި އަލްބާނީ ވަނީ ސިލްސިލަތުއް އަޙާދީޘިއް ޞަޙީޙާގައި މީޙަދީޘް ހިމަނުއްވާފައެވެ.

عنأَبيالدَّرْدَاءِرضياللهعنهقال : سَمِعْتُرَسُولَاللَّهِصَلَّىاللَّهُعَلَيْهِوَسَلَّمَيَقُولُ :
(مَنْتَوَضَّأَفَأَحْسَنَوُضُوءَهُثُمَّقَامَفَصَلَّىرَكْعَتَيْنِأَوْأَرْبَعًا (شكأحدالرواةيُحْسِنُفِيهِمَاالذِّكْرَوَالْخُشُوعَثُمَّاسْتَغْفَرَاللَّهَعَزَّوَجَلَّغَفَرَلَهُ)
މާނައީ: ﷲ ތަޢާލާ ރުއްސުންލެއްވި އަބުއްދަރުދާއުގެ އަރިހުން ރިވާވެގެން ވެއެވެ." ތިމަން ކަލޭގެފާނު ރަސޫލާ ޞައްލަ ﷲ ޢަލަހިވަސައްލަމް ޙަދީޘްފުޅު ކުރައްވަނިކޮށް އަޑުއެއްސެވީމެވެ. "އެއްވެސް އަޅަކު ފާފައެއްކުރެވުމުން ފުރިހަމައަށް ވުޟޫކުރުމަށްފަހު ދެރަކްޢަތް ނަމާދެއް ނުވަތަ ހަތަރު ރަކުޢަތުގެ ނަމާދެއްކޮށްފައި (ރާވީއަށް ހަތަރުރަކުޢަތް ނުވަތަ ދެރަކުޢަތާއި މެދުވަނީ ޝައްކުއުފެދިފައެވެ.) ޛިކުރުކުރުމާއި ޚުޝޫޢަތްތެރި ވުމުގައި ފުރިހަމަކޮށް އެއަށްފަހު ﷲ ތަޢާލާއަށް އިސްތިޢްފާރު ކޮށްފިށްފިނަމަ އޭނައަށް ފާފަ ފުއްސަވާނެވެ."

ތައުބާނަމާދުގެ ވަގުތު

މުސްލިމަކަށް ފާފައެއް ކުރެވި އެފާފައިން ތައުބާވުމަށް ޤަސްދުކޮށް ތައުބާ ނަމާދުކުރުން މުޞްތަހައްބު ވެގެން ވެއެވެ. ތައުބާ ނަމާދަކީ ހުރިހާ ވަގުތެއްގައިވެސް ކުރެވިދާނެ ނަމާދެކެވެ. އެއީ ސަބަބަކާއިހުރެ ކުރުވޭނަމާދަކަށްވާތީއެވެ. އެހެންކަމުން ސަބަބަކާއި ހުރެކުރުވޭ ނަމާދު ހުރިހާ ވަގުތެއްގައިވެސް ކުރުން މަޝްރޫޢަ ވެގެން ވެއެވެ. (ކޭތަނަމާދު، އިސްތިޚާރާ ނަމާދު އަދި ވުޟޫގެ ދެރަކުޢަތް ނަމާދު ފަދަ ނަމާދުތަކެވެ.)

ތައުބާ ނަމާދުގެ ސިފަ

ކޮންމެ އަޅުކަމެއްގައިވެސް ނިޔަތަކީ ޝަރުޠެކެވެ. ނިޔަތަކީ ޤަސްދުކުރުމެވެ. ﷲ ތަޢާލާ އަށް ތައުބާވުމުގެ ގޮތުން ދެރަކުޢަތް ނަމާދެއް ކުރަން ނިޔަތްގަތުމުން ފުދޭނެވެ. ދުލުން ނިޔަތް ކިޔާކަށެއް ކޮންމެހެން ނުޖެހޭނެވެ.

އަބޫބަކުރުގެފާނުގެ ޙަދީޘުގައިވާ ފަދައިން ތައުބާ ނަމާދުގައިވަނީ ދެރަކުޢަތެވެ. ތައުބާ ނަމާދުކުރުން މަޝްރޫޢަވެގެންވަނީ ޖަމާޢަތަކުނޫނެވެ. އެނަމާދަކީ ނަފްލު ނަމާދުތަކުގެ ތެރެއިން ޖަމާޢަތުގައި ކުރުން މަޝްރޫޢަ ވެގެންވާ ނަމާދެއްނޫނެވެ. އަދި ތައުބާވާ މީހާގެ މައްޗަށް ގިނަގިނައިން އިސްތިޢްފާ ރުކުރުން އެދެވިގެން ވެއެވެ.

ތައުބާ ނަމާދުގައި ރަސޫލާ ޞައްލަ ﷲ ޢަލަހިވަސައްލަމްގެ އަރިހުން، ވަކި ޚާއްޞަ ސޫރަތެއް ކިޔެވުން ވާރިދުވެގެން އައިސްފައިނުވެއެވެ. ނަމާދުކުރާމީހާ ބޭނުން ސޫރަތެއް ކިޔެވިދާނެވެ. އަދި ތައުބާ ނަމާދުކޮށް ނިމިގެން ތައުބާވުމުގެ ގޮތުން ޚާއްޞަ ދުޢާއެއް ވާރިދުވެގެން އައިސްފައެއް ނުވެއެވެ. ޤުރުއާނުންނާއި މާތް ނަބިއްޔާގެ ޞައްޙަ ޙަދީޘްފުޅުތަކުން އައިސްފައިހުރި ދުޢާތައް ކުރުން މޮޅު އިތުރުވެގެން ވެއެވެ. ނުވަތަ ދުޢާކުރާ މީހާ އަމިއްލައަށް އަމިއްލަ ބަހުން ދުޢާކުރިއަސް މައްސަލައެއްނެތެވެ.

ތައުބާ ނަމާދުކޮށް ނިމިގެން ހެޔޮޢަމަލުތައްކުރުމުގައި އަވަސްވެގަތުން މުޞްތަޙައްބު ވެގެން ވެއެވެ. ﷲ ތަޢާލާ ޠާޙާ ސޫރަތުގެ 82 އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَإِنِّي لَغَفَّارٌ لِمَنْتَابَ وَآمَنَ وَعَمِلَ صَالِحاً ثُمَّ اهْتَدَى ). މާނައީ:"ތައުބާވެ އީމާންވެ ޞާލިޙުޢަމަލުކޮށް، ތެދުމަގު ލިބިގެންފި މީހާއަށް ހަމަކަށަވަރުން، ތިމަން ރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަން ކަށަވަރެވެ".

އެގޮތުން ޞަދަޤާތްކުރުމީ ތައުބާވާން ބޭނުންވާ މީހާ ކުރުން އެންމެ މާތް ހެޔޮ އެއްޢަމަލެވެ. ޞަދަޤާތް ކުރުމީ ފާފަތަކުގެ ކައްފާރާއެކެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. (إِنْ تُبْدُوا الصَّدَقَاتِ فَنِعِمَّا هِيَ وَإِنْ تُخْفُوهَا وَتُؤْتُوهَا الْفُقَرَاءَ فَهُوَ خَيْرٌ لَكُمْ وَيُكَفِّرُ عَنْكُمْ مِنْ سَيِّئَاتِكُمْ ) މާނައީ :"ވާޖިބުނޫން ޞަދަޤާތް ތިޔަބައިމީހުން ފާޅުގައި ދެނީނަމަ ފަހެ އެއީ ނުހަނު މޮޅު ގޮތެކެވެ. އަދި ތިޔަބައިމީހުން ވަންހަނާކޮށް އެޞަދަޤާތްތައް ފަޤީރުންނަށް ދެނީނަމަ ތިޔަބައިމީހުންނަށް އެކަމުގެ ހެޔޮކަން މާބޮޑެވެ. އަދި އެއީ ތިޔަބައިމީހުންގެ ކުއްތަކުން ބައެއް ތިޔަބައިމީހުންގެ ކިބައިން އެއިލާހު ފުއްސަވާނެ ކަމެކެވެ".

واللهأعلم

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *