މަތިންދާބޯޓުތަކުގައި އުސޫލާ ހިލާފު ކަމެއް ހިނގާނަމަ، ރިޕޯޓް ކުރެވޭނެ ޕްލެޓްފޯމެއް ތައާރަފުކޮށްފި

މަތިންދާބޯޓުތަކުގައި އުސޫލާ ހިލާފު ކަމެއް ހިނގާނަމަ، ރިޕޯޓް ކުރެވޭނެ ޕްލެޓްފޯމެއް ތައާރަފުކޮށްފި

Author
އަހުމަދު
03 އޭޕްރިލް 2024 07:22
0

ވައިގެ ދަތުރުފަތުރުގެ އުސޫލުތަކާއި ހިލާފަށް ކަމެއް ކުރާކަން ފާހަގަވެއްޖެ ނަމަ އެކަން ވަގުތުން ރިޕޯޓްކުރުމަށް ހާއްސަ އޮންލައިން ޕްލެޓްފޯމެއް ތައާރަފްކޮށްފިއެވެ.

ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮންނަ ޑިރެކްޓްރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އިން ތައާރަފްކުރި އެ ޕްލެޓްފޯމްގެ ނަމަކީ "އޭވިއޭޝަން ސެކިއުރިޓީ ކޮންފިޑެންޝިއަލް ރިޕޯޓިން ސިސްޓަމް" އެވެ.

ޑާސާ އިން އާންމުކުރި ސާކިއުލާއެއްގައި ބުނީ މަދަނީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމަށް ނުރަނގަޅު އަސަރެއްކޮށްފާނެ ކަަމަށް ބެލެވޭ ކަމެއް ނުވަތަ ހެދިފައިވާ ގަވާއިދު ތަކާއި އުސޫލު ތަކާއި ހިލާފުކަމެއް ރާއްޖޭގެ ވައިގެ ބަނދަރުތަކުގައި އާއި، މަތިންދާބޯޓު ފަހަރުގައި ނުވަތަ ވައިގެ ދަތުރު ފަތުރުގެ ސަލާމަތްތެރިކަމާއި ގުޅުން ހުރި އެއްވެސް ތަނެއްގައި ކުރާ މީހަކަށް އަދި ވައިގެ ދަތުރުފަތުރު ބޭނުން ކުރާ މީހަކަށް ނުވަތަ އާއްމު ރައްޔިތަކަށް ފާހަގަވެއްޖެނަމަ އެކަމެއް ޑާސާގެ ސަމާލު ކަމަށް ގެނެވޭނެ ކަމަށެވެ.

މި ނިޒާމް ފަރުމާކޮށްފައި ވަނީ ރިޕޯޓް ކުރާ ފަރާތް ބޭނުންވެއްޖެ ހާލަތެއްގައި ވަނަވަރު ހާމަނުކޮށް މައްސަލަ ހިއްސާ ކުރެވޭނެ ގޮތަށެވެ. މި ނިޒާމް ބޭނުންކޮށް މައްސަލަތައް ހިއްސާ ކުރެވޭނީ ހާއްސަ ލިންކެއް މެދުވެރިކޮށެވެ. މި ޕްލެޓްފޯމް ފަރުމާކޮށްފައި ވަނީ ރިޕޯޓް ކުރާ ފަރާތް ބޭނުންވެއްޖެ ހާލަތެއްގައި އެ މީހެއްގެ މައުލޫމާތު ހާމަނުކޮށް ވެސް މައްސަލަ ރިޕޯޓްކުރެވޭނެ ގޮތަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.