ހުޅުމާލެ ދެވަނަ ފިޔަވަހިން އުމުރުން ދުވަސްވީ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަނީ އުމުރުން 74 އަހަރުގެ، އަބްދުﷲ ހަނީފެވެ. އޭނާ ގެއްލުނު ކަން އާއިލާ އިން ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފައެވެ.
ހަނީފް ގެއްލިފައިވަނީ ރޭ ފަތިހު ފަތިސް ނަމާދަށް ދިއުމަށް ފަހު އަނބުރާ ގެއަށް ނައުމުންނެވެ. ހަނީފް ދިރިއުޅެނީ އޭނާގެ ދަރިއަކާއެކުގައި ހިޔާ ޓަވަރުގެ ފްލެޓެއްގައެވެ. ހަނީފް ބެލުމަށް ބިދޭސީއަކު ވެސް އެ ގޭގައި ހުރެއެވެ.
ހަނީފް ފެނިއްޖެނަމަ ފުލުހަށް ނުވަތަށް 7892804 / 7741009 / 7822740 މީގެއިން ނަންބަރަކަށް ގުޅުމަށް އާއިލާގެ ފަރާތުން ވަނީ އެދިފައެވެ.
ކޮމެންޓު ފޮނުވާ