ޑައިރެކްޓަރު ނިތޭޝް ތިވާރީގެ ޓްރިލޮޖީ "ރާމާޔާން" ގެ ޝޫޓިން އަންނަ މަހުގައި ފަށާނެ ކަމަށް ރިޕޯޓްތަށް ބުނެފިއެވެ.
އެގޮތުން މުމްބާއީގެ ފިލްމު ސިޓީގައި އެކަމުގެ ތައްޔާރީތައް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ބުންޏެވެ. އަދި ތއްޔާރީތަށް ޝޫޓިންގ ކުރިން ނިންމާ ފިލްމްގެ ޝޫޓިން ފަށާނެ ކަމަށްވެއެވެ.
2018 ވަނަ އަހަރުގެ ފިލްމް "ކޭޖީއެފް" އިން ވިދާލި ކަންނާޑާ އެކްޓަރު ޔާޝް ބޮލީވުޑްއަށް ތައާރަފްވާ މި ފިލްމް އިން ބޮޑު ކާސްޓެއް ފެނިގެންދާނެ ކަމަށް މިހާރު ކަށަވަރުވެފައި ވިނަމަވެސް ކާސްޓާއި ބެހޭގޮތުން މާގިނަ މައުލޫމާތެއް މިހާތަނަށް މީޑިއާއަށް ލިބިފައިއެއް ނުވެއެވެ.
ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި "ކޭޖީއެފް" ގެ ބަތަލު ޔާޝް ރާއި ދެކުނުގެ ބަތަލާ ސައި ޕައްލަވީ އާއި ސަނީ ޑިއޯލް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް މީގެ ބައެއް ތަރިން މި ފިލްމް އިން ފެންނާނެތޯ އޮތީ ސުވާލެއްގެ ތެރޭގައިއެވެ.
އާމިރު ޚާންގެ "ޑަންގަލް" ވެސް ގެނެސްދިން ނިތޭޝް އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރުގެ "ބަވާލް" އެވެ. ރަންބީރްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ އެންމެ ބޮޑު ހިޓްތަކުގެ ތެރޭގައި ހިމެނޭ "އެނިމަލް" އެވެ.