ސަރުކާރުގެ މަސް ކުންފުނި, މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރު, އަހްމަދު ޝަމާހުގެ ސަސްޕެންޝަނުގެ މުއްދަތު 21 ދުވަހަށް އިތުރުކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ޝަމާހުއަށް ފޮނުވި ސިޓީއެއްގައި ބުނީ ޝަމާހު ސަސްޕެންޑުކުރަން މާޗު 18، ގައި ދިން މުއްދަތު މާޗު 31، ގައި ހަމަވާތީ އެޕްރިލް 21، ގެ ނިޔަލަށް ސަސްޕެންޝަން އިތުރު ކޮށްފައިވާ ކަމަށެވެ.
ކޯޕަރޭޓް ގަވަނެންސްއާ ގުޅޭ މައްސަލަތަކެއް ބަލާ އެކަމުގެ ފުރިހަމަ އެންކުއަރީއެއް ހެދުމަށްޓަކާ ސަރުކާރުގެ މަސް ކުންފުނި, މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރު, އަހްމަދު ޝަމާހު މަގާމުގެ މަސްއޫލިއްޔަތުތަކުން ވަގުތީގޮތުން ދުރުކުރީ މިމަހުގެ 18 ވަނަ ދުވަހުއެވެ.
ޕީސީބީން ސަމާހަށް މިދިޔަ މަހުގެ 29 ގައި ފޮނުވި ސިޓީގައި ވެސް ވަނީ އޭނާއާ ގުޅޭ 12 މައްސަލައެއް ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ.
ޕީސީން ނެރުނު ބަޔާނުގައި ވިދާޅިވީ ސަމާހު މަސްއޫލިއްޔަތުން އެކަހެރި ކުރީ އޭނާއާ ގުޅޭގޮތުން ޕީސީބީއަށް ހުށަހެޅި ކޯޕަރޭޓް ގަވަނެންސްއާ ގުޅޭ މައްސަލަތަކެއްގެ ފުރިހަމަ އިންކުއަރީއެއް ކުރިއަށްގެންދިޔުމުގެ ގޮތުން ކަމުގެވެ.
ސަމާހު ސަސްޕެންޑް ކޮށްފައި ވާއިރު ދާދިފަހުން ޕީސީބީން ވަނީ ޝަމާހުއަށް 12 ތުހުމަތެއްކޮށް އެފަދަ ކަމެއް ހިނގާ ނަމަ ވަގުތުން ހުއްޓާލުމަށް އަންގާފަ އެވެ.
އޭނާގެ ސަމާލުކަމަށް އެކަންކަން ގެނައީ ޕީސީބީގެ ރައީސް ހަމްދީ އަގީލް ސޮއިކުރައްވައި ފޮނުވި ސިޓީއަކުންނެވެ.
އެ ސިޓީގައި ވަނީ ސަރުކާރުގެ މަސް ކުންފުނި މިފްކޯ ސިޔާސީ ގޮތުން ބޭނުންކޮށް, ހެޑް އޮފީހަށް އާއިލީ މީހުން ވައްދާ, ވަޒީފާ ދިނުމާއި, ވަޒީފާއިން މީހުން ވަކި ކުރުމުގައި އުސޫލާ ޚިލާފަށް އަމަލުކުރަމުންދާ ކަމުގައި ބޮޑެތި ތުހުމަތުތަކާއެކު, ކުންފުނީގެ ހިންގުމާއި ގުޅުންހުރި ގިނަ ކަންތައްތަކެއް އިސްލާހުކުރުމަށް އޭނާއަށް އަންގަފައެވެ.
ކޮމެންޓު ފޮނުވާ