ޑރ.މުއިއްޒު އަށް ދައުވާ ކުރަން އުޅޭކަމުގެ އިޝާރާތެއް ރައީސް ނަޝީދު ދެއްވައިފި

ޑރ.މުއިއްޒު އަށް ދައުވާ ކުރަން އުޅޭކަމުގެ އިޝާރާތެއް ރައީސް ނަޝީދު ދެއްވައިފި

Author
މުޙައްމަދު ޝަޒައިމް
18 ޑިސެމްބަރ 2020 05:01
0

ކުރީގެ ހައުސިން މިނިސްޓަރ އަދި މާލެ ސިޓީގެ މޭޔަރުގެ މަޤާމަށް އިދިކޮޅު ކޯލިޝަނުން ވާދަ ކުރައްވާ ޑރ.މުހައްމަދު މުއިއްޒުގެ މައްޗަށް ދައުވާ ކުރަން އުޅޭކަމުގެ އިޝާރާތެއް މަޖިލިސް ރއީސް މުހައްމަދު ނަޝީދު ދެއްވައިފިއެވެ.

އެމްޑީޕީގެ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީިން މަޖިލިސް އިންތިޚާބުގައި ލިބުނު ނަތީޖާއަށްވުގެ ބޮޑު ނަތީޖާއެއް ރާއްޖެއިން ހޯދާނެކަމަށެވެ. އަދި މާލެ ސިޓީ ކައުންސިލް އެމްޑީޕީން ބޮޑުތަނުން ނަގާނެ ކަމަށާއި، މި އިންތިޚާބުގައި ވާދަކުރާ ކުރިހާ ކެންޑިޑޭޓުންނަށް އިންތިޚާބު ނިމެންދެން އެފުރުސަތު ދިނުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއްކަމަށެވެ.

މަޖިލިސް ރައީސް ވިދާޅުވީ މާލެ ސިޓީ މޭޔަރުކަމަށް އިދިކޮޅުން ވާދަކުރައްވާ ކެންޑިޑޭޓް ޑރ.މުއިއްޒުއަކީ އެމްއެމޕީއާރުސީ މައްސަލާގައި ޝާމިލުވާ ބޭފުޅެއްކަަމަށާއި، މުއިއްޒުގެ މައްޗަށް ވަރަށް އަވަހަށް ދައުވާ ކުރުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ. ނަމަވެސް އުންމީކީ އިންތިޚާބު ނިމެންދެން މުއިއްޒުއަށް ދައުވާ ނުކޮށް މަޑު ކުރުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަޅުގަނޑު އެދެނީ އެބޭފުޅާގެ މައްޗަށް ދައުވާ ނުކޮށް މި އިންތިޚާބު ނިމެންދެން ބެހެއްޓުން. މި މާލެއިން އަޅުގަނޑުމެން އެބޭފުޅާ ބޮޑުތަނުން ބަލި ކުރާނަން. މާލެއިން އެބޭފުޅާއަށް ލިބޭނީ އެންމެ 6 އެއްކަ ވޯޓު.

– މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެ މައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 މީހަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ބޭނުންކުރުމަށްކަމަށް ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.