އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާއި ކުރީގެ ރައީސް އަދި އެމްޑީޕީގެ ވާދަވެރިޔާ އަބްދުﷲ ޔާމީން ޖަލަށް ލުމުން އެކަމާއި ދެރަވެގެން، ރޮވުނު ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ހަރުގޭގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލުމަކީ އެއްގޮތަކަށްވެސް އެދިވަޑައިގަންނަވާ ކަމެއް ނޫންކަމަށެވެ. އެމަނިކުފާނު ޖަލަށް ލުމުން އެކަމާއި ކީރިތި ކުރެއްވުނުކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ޖަލުގައި ނުހުރެ ސަލާމަތް ވުމުގެ ފުރުސަތު ޔާމީނަށްވެސް ލިބުނު ކަމަށާއި، އެެހެން ނަމަވެސް ޔާމީން އެ ފުރުސަތުގެ ބޭނުން ނުކުރެެއްވީ ކަމަށް ނަޝީދު ވިދާޅުވިއެެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި ސަލާމަތްވުމުގެ ފުރުސަތު އެމަނިކުފާނަށްވެސް ލިބުނު ކަމަށާއި، އެކަން އެމަނިކުފާނު ކުރެއްވި ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެެވެ
ރައީސް ނަޝީދު އިޝާރާތް ކުރައްވާފައިވަނީ އެމަނިކުފާނު ޖަލުގައި އޮންނެވިއިރު ލިބުނު ބޭސްފަރުވާގެ ފުރުސަތުގައި ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ގޮތަށް ރައީސް ޔާމިނަށްވެސް އެެފުރުސަތު ލިބުމުން ބޭނުން ނުހިމުން އެކަމަށެވެ.
މަޖިލިސް ރައީސްވަނީ މީގެ ކުރިންވެސް އެކި ފަހަރުމަތީން ރައީސް ޔާމީން ޖަލަށް ލުމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އަދި މިއަދު ވިދާޅުވީ ރައީސް ޔާމީނަށް އިންސާފާއި ހަމަޔަށް ދިއުމަށް ރާއްޖޭގެ ޖުޑީޝަރީތެރެއިން ފުރިހަމަ އެހީތެރިކަން ލިބިގެންދާނެކަމަށެވެ. އެމަނިކުފާނަށް ކޯޓުތަކުގެ އޮންނަ އުސޫލުތަކުގެ ތެރެއިން ހުރިހާ ޕްރޮސަސްއެއް ފުރިހަމަ ކުރުމުގެ އިޚްތިޔާރު އޮންނާނެކަމަށެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވިއިރު، ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފުގެ މަރުހަލާ ނިމި އެތައް ދުވަހެއް ވެގެނެދާއިރުވެސް މިއަދާއި ހަމަޔަށްވެސް އެހުކުމާއި ހަމަޔަށް ދެވިފައި ނުވެއެވެ. އަދި އެކުހުމާއި ހަމަޔަށް ނުގޮސް އިތުރު ދައުވާތަކެއް މިހާރުވަނީ އަނެއްކާވެސް ފައްޓާފައެވެ. މިމައްސަލާގައިވެސް ރައީސް ޔާމީންގެ ޤާނޫނީ ވަކީލުން ގިނަ ކަންބޮޑުވުނަތްކެއް ފާޅުކުރަމުންދާއިރު، އެމަނިކުފާނަށް އިންސާފު ގާއިމް ކޮށް ދިނުމަށް އިދިކޮޅު ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.
ކޮމެންޓު ފޮނުވާ