ކްރިސްޓިއަނުން ކޮންމެ އަހަރެއްގެ ފަހުކޮޅު ފާހަގަކުރާ އެމީހުންގެ ހާއްސަ ދުވަސް "ކްރިސްމަސް ޑޭ" ފާޙަގަ ކުރުމަށް ބައެއް ދިވެހިންވެސް އުޅޭތީ އެކަމާއި ނުހަނު ހިތާމަ ކުރައްވާ ކަމުގައި ޝާއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ކްރިސްޓިއަނުން ކޮންމެ އަހަރެއްގެ ފަހުކޮޅު ފާހަގަކުރާ އެމީހުންގެ ހާއްސަ ދުވަސް "ކްރިސްމަސް ޑޭ" ފާޙަގަ ކުރުމަށް ގިނަ އަދަދެއްގެ ޓުވަރިސްޓުން މުދުވަސްވަރު ރާއްޖެއަށް އަންނައިރު، މިކަމުގައި ބައެއް ދިވެހިވެސް ދަނީ ޝައުގުވެރިކަން ފާޅުކުރަމުންވެ. އަދި މިދުވަހުގެ ތަހުނިޔާ އެފަރާތްތަކަށް އަރިސްކުރަމުންނެވެ. މިކަމާއި ގުޅިގެން ޝައިޚު ވިދާޅުވީ ކްރިސްމަސް އަކީ ނަޞޯރާދީނުން އެބައިމީހުންގެ ކަލާންގެ ކަމަށްދެކޭ އީސާ އަލައިހިސަލާމް އާއި ގުޅުވައިގެން އެމީހުންގެ އަޤީދާއާއިގުޅޭ މުޤައްދަސް ފެސްޓިވަލެއް ކަމަށެވެ. މި ކަމުގައި އެއްވެސް މުސްލަމަކު އެއްވެސް ހައިސިއްޔަތަކުން ބައިވެރުވުމަކީ ހުއްދަ ވެގެންވާ ކަމެއް ނޫންކަމަށް ޝައިޚް ޒައިދު ވިދާޅުވިއެވެ.
Christmas akee Nasoaraa in ebaimeehun ge kalaange kamah dhekey Eesa عليه السلام aa gulhuvaigen emeehunge ageedhaa aa gulhey muqahdhas festival eh!
Meega EHVES ISLAMAKU ehves haisiyyathun baiverivun huhdha nuvaane! V hithaama kuran baeh dhivehin mikan faahag kuran ulheythy.
— Ali Zaid (@alizaid1000) December 18, 2020
ރާއްޖޭގެ މިހާރު ލޯކަލް ޓުވަރިޒަމްވެސް ފުޅާވެފައި އޮތުމާއިއެކު ބައެއް ލޯކަލް ޓުވަރިޒަމް އޮތް ރަށްތަކުގައިވެސް މީގެ ކުރީ އަހަރުގައި މިދުވަސް ފާހަގަކުރަންއުޅުންު ވަނީ އެކަން ނުކުރުމަށް އެރަށްތަކުގެ ކައުންސިލުން ވަނީ އަންގާފައެވެ. މިސަރުކާރަށް ތާއީދުކުރާ އެމްޑީޕީގެ އިސްސަފުގައި ހަރަކާތްތެެރިވާ އާދިލް ސަލީމްވެސް ވަނީ ކްރިމަސްޑޭ އާއ، ނިއު އިޔާ ފަހަގަ ކުރުމަށް ރިސޯޓްތަކުގައި ތިބޭ ދިވެހި މުވައްޒިފުން ލައްވައި ކުރާ ކަންކަން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި އެފަދަ ކަންކަމަށް ޖާގަ ނުދިނުމަށްވެސް ވަނީ ގޮވާލާފައެވެ.
Santa Claus akah inee ves Dhivesseh?
1 viyafaari eh, 1 qaum eh.
Huriha rashegga ves Muslimun.Viyafaari furusath ga emmenah furusath hama hama kurey!!
Resort akee ves Raajje. Baivaru Dhivehin wazeefa ga ulhey. Christmas adhi New year decorations huttaalaa!! https://t.co/3YNegvZFcF
— Adil Saleem ? (@MadhilSaleem) December 18, 2020
ކްރިސްމަސް ދުވަހު އެކަކު، އަނެކަކަށް ތަހުނިޔާ ކިޔާ ހެދުމަކީ ކަނޑައެޅިގެން ހުރި ބޮޑު މުންކަރާތެކެވެ. އަޅުގަނޑުމެންނަށް އަމުރު ކުރެވިގެންވަނީ އެބައިމީހުންނާ ތަފާތުވެ، ރަސޫލު الله صلى الله عليه وسلم ގެންނެވި ހިދާޔަތުގެ ތެދުމަގުގައި ހިފުމަށެވެ.
ކޮމެންޓު ފޮނުވާ