ކަޕިލް ގެ ނެޓްފްލިކްސް ޝޯވ ގެ ޓްރެއިލާ ދައްކައިލައިފި

ކަޕިލް ގެ ނެޓްފްލިކްސް ޝޯވ ގެ ޓްރެއިލާ ދައްކައިލައިފި

Author
ފާތިމަތު ނާވީ
26 މާރޗް 2024 10:33
0

މަޝްހޫރު ކޮމެޑިއަން ކަޕިލް ޝަރްމާ ގެ ނެޓްފްލިކްސް ޝޯވ "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝަރުމާ ޝޯ" ގެ ރަސްމީ ޓްރެއިލާ ދައްކައިލައިފިއެވެ.

ޝޯވ ގެ ހުރިހާ ބައިވެރިންނެއް ހެން ފެނިގެންދާ މި ތްރެއިލާ ގެ އެންމެ ހާއްސާ ނުވަތަ ހައިލަައިޓް އަކީ ސުނިލް ގްރޯވާއެވެ. އޭނާ މި ޝޯވ އިން ފެނިގެންދާނެ ކަމަށް އިއުލާން ކުރީންސުރެ އެންމެ ގިނަ ބަޔަކު ބޭނުންވެފައިވަނީ އޭނާގެ ކޮމޭޑީ ބަލައިލުމަށްށެވެ.

ކަޕިލްއާ އެކީ ސޮނީގެ ޝޯ އިން ފެނުނު މުހިއްމު ބައިވެރިންތަކެއް ނެޓްފްލިކްސްގެ ޝޯ އިން ވެސް ފެންނާނެ އޭގެ ތެރޭގައި ކުރުޝްނާ އަބީޝެކް، ކިކޫ ޝްރަދާ، ރަޖީވް ތާކޫރް އަދި އަރްޗަނާ ޕުރާން ސިންގް ހިމެނެ އެވެ.

 

View this post on Instagram

 

A post shared by Netflix India (@netflix_in)

ކަޕިލްގެ މުޅިން އާ ކޮމެޑީއެެއް ޝޯ ނެޓްފްލިކްސް އިން ގެނެސްދޭން ނިންމީ ސޮނީ ޓީވީން ގެނެސްދެމުން އައި "ދަ ކަޕިލް ޝަރުމާ ޝޯ" މިދިޔަ އަހަރުގެ މެދުތެރޭގައި މެދުކަނޑާލާފައި ވަނިކޮށެވެ.

ނެޓްފްލިކްސް އިން މި ޝޯވ ގެ އެޕިސޯޑްތަށް ގެނެސްދޭނީ ކޮންމެ ހޮނިހިރު ދުވަހެއްގެ ރޭ ރާއްޖެ ގަޑިން 7:30 ގައި ކަމަށެވެ. މި ޝޯވ ޕްރިމިއާ ކުރާނި މި މަހުގެ 30 ވަނަ ދުވަހުގައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.