ލޯނު ދޫކުރުން ވަގުތީގޮތުން ހުއްޓާލިކަމަށް ބުނެ ފަތުރަނީ ސައްޙަ ނޫން މައުލޫމާތު: އެސްޑީއެފްސީ

ލޯނު ދޫކުރުން ވަގުތީގޮތުން ހުއްޓާލިކަމަށް ބުނެ ފަތުރަނީ ސައްޙަ ނޫން މައުލޫމާތު: އެސްޑީއެފްސީ

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ލޯނު ދޫކުރުން ވަގުތީ ގޮތުން ހުއްޓާލައިފައިވާކަމަށް ބުނެ ބައެއް ފަރާތްތަކުން އާއްމުކުރަމުން ދަނީ ދޮގު ވާހައެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

މިއަދު 'އެކްސް' ގައި ކުރި ޕޯސްޓެއްގައި އެ ކޯޕަރޭޝަނުން ބުނީ، ލޯނު ދޫކުރުން ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށް ބުނެ ފަތުރަމުން ދަނީ ހަގީގަތެއްނެތް ވާހަކަތަކެއް ކަމަށާއި، އެފަދަ ވާހަކަތައް ފެތުރުމަކީ ހިތާމަކުރާ ކަމެއް ކަމުގައެވެ. އަދި އެފަދަ ދޮގު މައުލޫމާތު ނުފެތުރުމަށްވެސް އެ ކޯޕަރޭޝަންއިން އިލްތިމާސް ކޮށްފައިވެެއެވެ.

އޭގެ އިތުރަށް އެސްޑީއެފްސީ ބުން، އެ ކޯޕަރޭޝަނުން ލޯނު ދޫކުރަމުންދާ ދާއިރާތަކަށް ތެރެއަށް އިތުރު ކެޓެގަރީތައް ވެސް އިތުރުކުރެވިފައިވާކަމަށާއި، އެގޮތުން، "ކަނޑުފަޅު ނަފާ"ގެ ތެރެއިން ފަރު މަސްވެރިކަމަށް ހާއްސަ ކެޓެގަރީއެއް މިހާރު ހިމެނިފައިވާ ކަމަށް ބުނެފައިވެއެވެ.

އެސްއެފްސީން ބުނީ އިތުރުކުރެވުނު ދާއިރާއާއި، "ދަނޑުވެރި ނަފާ" ލޯނު ޕްރޮޑަކްޓް އަދި އަންހެނުން ޝާމިލްވާ ވިޔަފާރިތަކަށް "ފަށާ މަދަދު" ގެ ލޯނު ޕްރޮޑަކްޓްގެ ދަށުން މިހާރުވެސް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލެވިފައި ވާކަމުގައެވެ. އެގޮތުން އެކޯޕަރޭޝަންގެ ކަސްޓަމާ ޕޯޓަލް މެދުވެރިކޮށް އެ ލޯނުތަކަށް މިހާރުވެސް އެޕްލައިކުރެވޭނެކަމަށްވެސް ބުނެފައި ވެއެވެ.

އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްވެސް އެ ކޯޕަރޭޝަނުން ލޯނު ދޫކުރަމުންދާއިރު، މިއަހަރުގެ މިހާތަނަށްވެސް ގިނަ ފަރާތްތަކަކުން ލޯނަށް އެދެމުންދާކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *