250ކވ ގެ ޖަނަރޭޓަރު ސެޓެއް ގެންގޮސް ވައިކަރަދޫއަށް ކަރަންޓު ދޭން ފަށައިފި

250ކވ ގެ ޖަނަރޭޓަރު ސެޓެއް ގެންގޮސް ވައިކަރަދޫއަށް ކަރަންޓު ދޭން ފަށައިފި

ހދ.ވައިކަރަދޫ ގައި ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދުމަށް އެ ރަށަށް ގެންދެވުނު 250ކވ ގެ ޖަނަރޭޓަރު ބަހައްޓައި މުޅި ރަށަށް ކަރަންޓު ދޭން މިހާރު ވަނީ ފެށިފައިވާކަމަށް ފެނަކަ ކޯޕަރޭޝަންއިން ބުނެފިއެވެ.

ވައިކަރަދޫއަށް ޖެނެރޭޓަރ ސެޓެއް ގެންގޮސް ކަރަންޓު ދީފައިވާއިރު، އެރަށުގައި 4 ދުވަސް ވަންދެން ކަރަންޓު ނެތްކަމަށް ބުނެ އެރަށު ރައްޔިތުން ވަނީ މީގެ ދެރޭކުރިން މުޒާހިރާ ކޮށްފައެވެ.

ވައިކަރަދޫގައި މުޒާހިރާ ކުރި މީހުން ބުނެފައިވަނީ އެރަށުގެ ރައްޔިތުން ކަނު އަނދިރީގައި ތިބޭތާ 4 ދުވަސް ވެފައިވާ ކަމަށާއި، ފެނަކައިން އަބަދުވެސް ބުނަމުން ގޮސްފައިވަނީ އިންޖު ލޯޑު ކުރަނީ ކަމަށެވެ. އަދި ރޭ މުޒާހިރާ ކުރި މީހުން ބުނެފައިވަނީ އެމީހުން ގެއަށް ވަންނަނީ އެރަށުގެ ކަރަންޓުގެ މައްސަލައަށް ހައްލެއް އައުމުން ކަމަށެވެ.

އަދި އެގެ ތެރެއިން ބައެއް މީހުން ބުނީ އެމީހުންނަކީ ފާއިތުވި ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒުއަށް ތާއީދުކުރި މީހުންކަމަށެވެ. އެހެންނަމަވެސް 4 ދުވަހު ކަނު އަނދިރީގައި ތިބެންޖެހުމުން މިސަރުކާރާ ދެކޮޅަށް މުޒާހިރާއަށް ނިކުންނަން ޖެހުނީކަމަށްވެސް ބުނެފައި ވެއެވެ.

ރޭ މުޒާހިރާ ކުރިން ބައެއް މީހުން ވަނީ ގައިގައި ސައިބޯނި ހާކައިގެން މުޒާހިރާގައި ބައިވެރިވެފައެވެ. އޭނާ ބުނެފައިވަނީ ކަރަންޓު ދިޔައީ ގައިގައި ސައިބޯނި ލާން ހުއްޓާ ކަމަށާއި، އެނޫން ހައްލެއް ބޭނުންވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *