ވޯލްޑް ކަޕް ކޮލިފައިންގެ ދެކުނު އެމެރިކާގެ ފުރަތަމަ މެޗުތަކުން އާޖެންޓީނާ އާއި އުރުގުއާއީ ކުރި ހޯދައިފިއެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި އުރުގުއާއީ ކުރިހޯދީ ޗިލީއާ ވާދަކޮށް 2-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި އުރުގާއީގެ ލުއިސް ސުއަރޭޒް ލަނޑެއް ޖަހައި ކުރި ހޯދައިފަވަނިކޮށް ދެވަނަހާފް ފަށައިގެން 8 ވަނަ މިނިޓުގައި އެލްކެސް ސަންޗޭޒް ވަނީ ޗިލީއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
މެޗުގައި އުރުގުއާއީން ކުރި ހޯދީ ފަހުވަގުތުގައި ކުޅެން ނުކުއިތް މެކްސީ ގޯމޭޒް ކާމިޔާބުކުރި ލަނޑުންނެވެ. އޭނާ މިލަނޑު ޖެހީ މެޗުގެ އިތުރުވަގުތު ތެރޭގައެވެ.
ދެކުނު އެމެރިކާ ކޮލިފައިން ގުރޫޕްގައި އާޖެންޓީނާ އާއި އެކުއެޑޯ ވާދަކުރި މެޗު 1-0 ލަނޑުން ކާމިޔާބު ކުރީ އާޖެންޓީނާއެވެ. މެޗުގައި ހަމައެކަނި ލަނޑު، ލިބުނު ޕެނެލްޓީއަކުން ކާމިޔާބުކުރީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއެވެ. ކޮލިފައިން ބުރުގައި ޕެރަގުއާއީ އާއި ޕެރޫ ވާދަކުރި މެޗު ނިމުނީ 2-2 ލަނޑު އެއްވަރުވެގެންނެވެ.
ކޮލިފައިން ބުރުގައި، ފުރަތަމަ މެޗަށް މިރޭ ކޮލަންބިޔާ އާއި ވެނެޒުވޭލާ ނުކުންނަ އިރު ބްރެޒިލް ނުކުންނާނީ ބޮލީވިޔާ ދެކޮޅަށެވެ.

ކޮމެންޓު ފޮނުވާ