ރައީސް ސާލިހުގެ ވެރިކަމުގައި ފެނަކައިން އިންހައުސްކޮށް ހިންގި 25 ޕްރޮޖެކްޓެއްގެ މައްސަލަ އޭސީސީ ފޮނުވާފައި ވާކަމަށް ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުއާޒް ރަޝީދު ވިދާޅުވެއްޖެއެވެ.
އޭނާ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅިވީ ކުރީ ސަރުކަރުން ހިންގި 60 ޕްރޮހެކްޓެއްގެ ތެރެއިން އެ 25 ޕްރޮޖެކްޓަކީ ކުންފުންޏަށް އިންތިހާއަށް ގެއްލުންވާގޮތަށް ބީއޯކިއު ހަދާ އަދި މާކެޓްގައި މަސައްކަތްތައް ކުރެވޭނެ އަގަށް ބެލުމެއްނެތި އަދި އެސެސްމެންޓެއްވެސް ނަހަދާ ކުރިޔަށް ގެންގޮސްފައިވާ ޕްރޮޖެކްޓްތައް ކަމުގައެވެ.
އަދި އޭނާ ވިދާޅިވީ އެޕްރޮޖެކްޓްތައް ހިންގާފައިވަނީ މަގާމުގެ ނާޖާއިޒު ފައިދާ ނަގައިގެން ކަމަށާއި އެޕްރޮޖެކްޓްތަކުން ފެނަކައަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމުގައެވެ.
އިންހައުސްކޮށް ކޮށްފައިވާ 60 ކޮންސްޓްރަކްޝަން ޕްރޮޖެކްޓުގެ ތެރެއިން 25 ޕްރޮޖެކްޓުގެ މައްސަލަ އޭސީސީއަށް ވާނީ ހުށަހަޅާފައި.
މުއާޒް ވިދާޅުވެފައި ވެއެވެ.
މުއާޒް ވިދާޅުވީ ނާޖާއިޒް ފައިދާ ނަގައިގެން ހިންގި މި ޕރޮޖެކްޓްތަކުގެ ސަބަބުން އެތައް ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދެވި ފެނަކަ ކުންފުނި ވަނީ ބޮޑުތަނުން ދަރާފައި ވާކަމަށާއި ޒިންމާ ވާންޖެހޭ ފަރާތްތަކުގެ މައްސަލަ ލަސްނުކޮށް ބަލާ ގާނޫނީ ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.