"ބޭޑް ނިއުސް" ރިލީޒްކުރާނީ މި އަހަރުގެ ޖުލައި 19 ގައި

"ބޭޑް ނިއުސް" ރިލީޒްކުރާނީ މި އަހަރުގެ ޖުލައި 19 ގައި

Author
ފާތިމަތު ނާވީ
22 މާރޗް 2024 11:39
0

"ގުޑް ނިއުސް" ގެ ނަމުގައި ވަރަށް ކާމިޔާބު ފިލްމެއް ގެނެސްދިނުމަށް ފަހު "ބޭޑް ނިއުސް" ގެ ނަމުގައި ފިލްމެއް ގެނެސްދޭން ނިންމައި އެ ރިލީޒްކުރާ ތާރީހު މިއަދު އިއުލާންކޮށްފި އެވެ.

ކަރަން ގެ ދަރްމާ ޕްރޮޑަކްޝަން އިން ގެނެސްދޭ މި ފިލްމްގެ ޕޯސްޓަރު ތަކެއް އާންމު ކުރަމުން ބުނެފައި ވަނީ ބެލުންތެރިން އިންތިޒާރު ކުރަމުން ގެންދުމަށެވެ. މި ފިލްމް ވަރަށް އަވަހަށް ބެލުންތެރިންނަށް ގެެނެސްދޭނެއެވެ.

ދެހާސް ބާވީހުގެ ތެރޭގައި ޝޫޓިން ނިންމާފައި އޮތް ފިލްމަށް ކުރިން ކިޔަން ނިންމާފައި އޮތް ފިލްމްގެ ކާސްޓްގައި ވިކީ ކޯޝަލާއި ޓްރިޕްތީ ދިމްރީގެ އިތުރުން އައްމީ ވާކް ހިމެނެއެވެ.

 

View this post on Instagram

 

A post shared by Dharma Productions (@dharmamovies)

މި އަހަރު ދަރްމާ އިން ވަނީ ގެެނެސްދިނުމަށް ގިނަ ފިލްމް ތަކެއް ތާވަލު ކޮށްފައިއެވެ. އަދި ހަމަ އެއާއި އެކީ އަރަމުން އަންނަ ޒުވާން ތަރިންނަށް އެ ޕްރޮޑަކްޝަން ހައުސް އިން ފުރުސަތު އަންނަނީ ލިބެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.