އެންމެ ލަސްވެގެން މެއި މަސް ތެރޭ އީ-ވޮލެޓުގެ ހިދުމަތް ތައާރަފު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ގެނެސްދޭ "ރައީސްގެ ޖަވާބު" ސިލްސިލާ ޕްރޮގްރާމްގެ ތެރެއިން މާލެ ސިޓީ، މ. ނައިޓްލައިޓް އަބްދުﷲ އިނާން، ރައީސް މުއިއްޒުއާ ސުވާލުކުރީ އީ ވޮލެޓު ތައާރަފު ކުރުމަށް ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުންނެވެ.
ރައީސްގެ ޖަވާބު
21 މާރިޗް 2024މާލެ ސިޓީ، މއ.ނައިޓްލައިޓް، ޢަބްދުﷲ އިނާން، އީ-ވޮލެޓުގެ ޚިދުމަތް ތަޢާރަފްކުރުމުގެ އަދާހަމައެއް އޮޅުންފިލުވުމަށް އެދި ދެންނެވި ސުވާލަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބު pic.twitter.com/WLlDhn7ezL
— Government of Maldives (@governmentmv) March 21, 2024
އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ އީ-ވޮލެޓް ތައާރަފު ކުރުމާ ގުޅުންހުރި މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ.
"އަޅުގަނޑުމެން މި އުންމީދު ކުރަނީ މެއި މަހުގެ ތެރޭގައި އެންމެ ލަސްވެގެން އީ-ވޮލެޓްގެ ހިދުމަތް ތައާރަފު ކުރެވިގެންދާނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް ފައިސާ ލިބުމަށް ހުރި ހުރަސްތައް ނައްތާލުމަށް އީ-ވޮލެޓް ތައާރަފްކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި އެދުމާ އެކު، ޕޭޕަލް އާއި އީ-ވޮލެޓް ފަދަ އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް ރާއްޖެއިން ފައިސާގެ މުއާމަލާތްތައް ކުރެވޭ ގޮތް ހެދުމުގެ މަސައްކަތް ފެށުމަށް ކެބިނެޓުން މީގެކުރިން ވަނީ ނިންމައިފައެވެ.