އެންމެ 8 ދުވަސްތެރޭ 235 ވެހިކަލް ޓޯކޮށްފި

އެންމެ 8 ދުވަސްތެރޭ 235 ވެހިކަލް ޓޯކޮށްފި

Author
އަހުމަދު
21 މާރޗް 2024 05:08
0

މިދިޔަ 8 ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުގެ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި 235 ވެހިކަލް ޓޯކޮށްފިއެވެ.

އާއްމުންނަށް އުނދަގޫވާ ގޮތަށް ޕާކުރާ ވެހިކަލްތައް ފުލުހުން ޓޯކުރަން ފަށާފައި ވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. ފުލުހުން ބުނީ އެފަދަ ވެހިކަލްތައް ނަގަން ނިންމީ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރުމުގެ ސަބަބުން އާއްމުންނަށް ދިމާވާ ދަތިތަކާ ގުޅޭ ޝަކުވާތައް ހައްލު ކުރަން ކަމަށެވެ.

ފުލުހުން ބުނީ މި މަސައްކަތުގައި އިސްކަންދެނީ ސްކޫލްތަކާއި އާއްމު ޚިދުމަތްތައް ހޯދުމަށް ދާ ސަރަޙައްދުތަކުގައި ނުގަވާއިދުން ޕާކުކޮށްފައި ހުރި ހަތަރު ފުރޮޅުލީ އުޅަނދުތައް ނެގުމަށް ކަމަށެވެ.

މިމަސައްކަތުގެ ތެރެއިން އެންމެ ގިނަ އުޅަނދު ނަގާފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެ ދުވަހު 60 އުޅަނދު ޓޯ ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މިއުޅަނދުތައް ނަގާފައިވަނީ މާފަންނު ތާޖުއްދީން ސްކޫލާއި ހިރިޔާ ސްކޫލް ވަށައިގެންވާ މަގުތަކުންނެވެ.

އޭގެއިތުރުން ބައެއް ސްކޫލް ޒޯންތަކަށް އުނދަގޫވާ ހެން ބަހައްޓާފައި ހުރި 31 ވެހިކަލް ޓޯކޮށްފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ. ހޯމަ ދުވަހުގެރޭ 41 ވެހިކަލް ޓޯ ކުރިއިރު، މިދިޔަ ބުރާސްފަތި ދުވަހުގެރޭ 48 ވެހިކަލް މި މަހުގެ 13 ގައި 40 ވެހިކަލް، މި މަހުގެ 12 ގައި 15 ވެހިކަލް ޓޯކުރިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.