ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްއަށް ބަޔަކު މީހުން ދިން ހަމަލާއިން ލިބުނު އަނިޔާއިން އެއްކޮށް ސަލާމަތްވާން އަދި ދެމަހެއްވަރު ނަގާނެކަމަށް ޕްރޮޖެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
މިއަދު ރާއްޖެޓީވީން ގެނައި "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝަމީމި ވިދާޅުވީ އޭނާއަށް ލިބުނު އަނިޔާ މުޅިން ރަގަޅުވާން އަދި ދެމަހެއްހާ ދުވަސް ނަގާނެކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށާއި، މިހާރު މަޑުމަޑުން ރަގަޅުވަމުން އަންނަ ކަމަށެވެ.
މިހާރު މަޑުމަޑުން ރަނގަޅުވަމުން މިދަނީ. މިހާރު ރިހެބިލިޓޭޝަން ބަޔާއި ކަސްރަތު ކުރުން ފަށައިގެން މިއުޅެނީ މަޑުމަޑުން. މަހެއް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެއްކޮށް ރަނގަޅުވާނެ ކަމަށް ޑޮކްޓަރުން ވިދާޅުވަނީ.
ޝަމީމް ވިދާޅުވިއެވެ.
ޝަމީމަށް ހަމަލާ ދީފައިވަނީ ފާއިތުވި ޖެނުއަރިމަހުގެ 31 ވަނަ ދުވަހު ދަރިފުޅު ސްކޫލަށް ގެންގޮސް އެނބުރި ގެއަށް ވަޑައިގެންނެވި މަގުމަތީގައި، ގޭ ދޮރުމަތިންނެވެ. ސައިކަލެއްގައި އައި ދެ މީހުން ދިން ހަމަލާގައި ޝަމީމްގެ ވައަތުގެ އުޅަނބޮށިން ތިރީގެ ބައެއް ކަށިތަކުގައި ރެނދުލާފައެވެ.
މި މައްސަލާގައި 22 އަހަރުގެ ދިވެހި ފިރިހެނަކާއި 23 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕޖީ) އޮފީހުން ވަނީ މީގެ ދެ ހަފްތާ ކުރިން ބުނެފައިވަނީ، ޝަމީމަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރު ކުރި މީހުންނަށް ދައުވާ ކުރުމާމެދު ގޮތެއް ނިންމުމަށް ފުލުހުންނާއެކު މަޝްވަރާ ކުރަމުންދާ ކަމުގައެވެ.
ޝަމީމަށް ހަމަލާ ދިން ހާދިސާއަށްފަހު ޝަމީމްގެ ސެކިއުރިޓީ ކަންކަން އެމްއެންޑީއެފުން ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.
ކޮމެންޓު ފޮނުވާ