ސަސްޕެންޑްކުރި އެމްޑީ މަޖިލީހަށް ހާޒިރު ކުރަނީ

ސަސްޕެންޑްކުރި އެމްޑީ މަޖިލީހަށް ހާޒިރު ކުރަނީ

Author
ހުސެއިން
21 މާރޗް 2024 10:04
0

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަމާހް ރަޝީދު، ޕްރައިވެޓައިޒޭޝަން ކޮޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.

އެނގިފައިވާ ގޮތުގައި އޭނާ އެސްއޯއީ ކޮމިޓީއަށް ހާޒިރު ކުރުމަށް ހަމަޖެހިފައިވަނީ ދު، ޕީސީބީ އިން ސަސްޕެންޑް ކުރި މައްސަލާގައެވެ.

ކޯޕަރޭޓް ގަވަނެންސްއާ ގުޅޭ މައްސަލަތަކެއް ބަލާ އެކަމުގެ ފުރިހަމަ އެންކުއަރީއެއް ހެދުމަށްޓަކާ  ސަރުކާރުގެ މަސް ކުންފުނި, މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރު, އަހްމަދު ޝަމާހު މަގާމުގެ މަސްއޫލިއްޔަތުތަކުން ވަގުތީގޮތުން ދުރުކުރީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޭނާ 14 ދުވަހަށް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފައިވާ ކަމުގައެވެ.

ޕީސީން ނެރުނު ބަޔާނުގައި ވިދާޅިވީ ސަމާހު މަސްއޫލިއްޔަތުން އެކަހެރި ކުރީ އޭނާއާ ގުޅޭގޮތުން ޕީސީބީއަށް ހުށަހެޅި ކޯޕަރޭޓް ގަވަނެންސްއާ ގުޅޭ މައްސަލަތަކެއްގެ ފުރިހަމަ އިންކުއަރީއެއް ކުރިއަށްގެންދިޔުމުގެ ގޮތުން ކަމުގެވެ.

ސަމާހު ސަސްޕެންޑް ކޮށްފައި ވާއިރު ދާދިފަހުން ޕީސީބީން ވަނީ ޝަމާހުއަށް 12 ތުހުމަތެއްކޮށް އެފަދަ ކަމެއް ހިނގާ ނަމަ ވަގުތުން ހުއްޓާލުމަށް އަންގާފަ އެވެ.

އޭނާގެ ސަމާލުކަމަށް އެކަންކަން ގެނައީ ޕީސީބީގެ ރައީސް ހަމްދީ އަގީލް ސޮއިކުރައްވައި ފޮނުވި ސިޓީއަކުންނެވެ.

އެ ސިޓީގައި ވަނީ ސަރުކާރުގެ މަސް ކުންފުނި މިފްކޯ ސިޔާސީ ގޮތުން ބޭނުންކޮށް, ހެޑް އޮފީހަށް އާއިލީ މީހުން ވައްދާ, ވަޒީފާ ދިނުމާއި, ވަޒީފާއިން މީހުން ވަކި ކުރުމުގައި އުސޫލާ ޚިލާފަށް އަމަލުކުރަމުންދާ ކަމުގައި ބޮޑެތި ތުހުމަތުތަކާއެކު, ކުންފުނީގެ ހިންގުމާއި ގުޅުންހުރި ގިނަ ކަންތައްތަކެއް އިސްލާހުކުރުމަށް އޭނާއަށް އަންގަފައެވެ.

ޕީސީބީން މިފްކޯގެ އެމްޑީ ސަމާހުއަށް ފޮނުވި ސިޓީގައި ފާހަގަ ކޮށްފައިވާ ކަންކަން:

  1. ކުންފުނީގެ މުދަލާއި ވަސީލަތްތައް އަމިއްލަ ބޭނުމުގައާއި ސިޔާސީ ބޭނުންތަކަށް ފާޅުކަންބޮޑު ގޮތެއްގައި ބޭނުންކުރުން.
  2. ކުންފުނީގެ ދާއިމީ މުވައްޒަފުން ނުހައްގުން ވަޒިފާގެ މަސްއޫލިއްޔަތުން ދުރުކުރުމާއި, ވަޒީފާގެ ބިރުދެއްކުމާއި, ދާއިމީ މަގާމްތަކުގައި ތިއްބެވި މުވައްޒަފުންނަށް ވަޒީފާއާބެހޭ ގާނޫނާއި ޚިލާފުވާ ސަބަބެއްނެތި މަގާމާއި މުސާރަ ދަށްކުރުމާއި, ސަބަބެއް ނެތި އެހެން ޑީޕާޓްމަންޓްތަކަށާއި, ކުންފުނީގެ ސައިޓުތައް ހުންނަ ރަށްރަަށަށް ބަދަލުކުރުން.
  3. ކުންފުނީގެ މުވައްޒަފުން ނެގުމާއި ގުޅޭގޮތުން ހަދާފާއިވާ ޕޮލިސީތަކާއި މުސާރައިގެ އޮނިގަޑާއި ޚިލާފަށް ސީއީއޯގެ އާއިލީ ގުޅުންހުރި ފަރާތްތަކަށާއި, ރައްޓެހިންނަށް ބަޖެޓް ހަމަޖެހިފައި ނުވަނީސް ވަޒީފާ ދިނުން.
  4. ބެސްޓު ޕްރެކްޓިސްއާއި ގަވަރނަންސް އުސޫލުތަކާއި ޚިލާފަށް ހެޑް ހަންޓް ކުރުމުގެ ނަމުގައި މުވައްޒަފުންގެ ގަވާއިދާއި ޚިލާފަށް, އެއްވެސް ޝަރުތަކަށް ބެލުމެއްނެތި, އާންމުކޮށް އިއުލާން ކުރުމަކާނުލާ, އިޖުރާތުތައް ފުރިހަމަނުކޮށް މުވައްޒަފުން ވެއްދުން.
  5. ޕީސީބީގެ ހުއްދަ ހޯދުމަކާނުލާ, ކުންފުނީގެ މަގާމްތައް އުފައްދާ, އެމަގާމްތަކަށް މީހުން ވެއްދުން.
  6. އުސޫލުތަކާއި ޚިލާފަށް, އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ނެތް ފަރާތްތައް ޑިޕާޓްމަންޓްތަކުގެ ވެރިންނަށް ލުން.
  7. ސީއީއޯ ރަސްމީ ދަތުރުތަކުގައި ވަޑައިގަންނަވާއިރު, ކުންފުނީގައި ހެދިފައިވާ ޑެލިގޭޝަން މެޓްރިކްސްއާއި ޚިލާފަށް, ކަމާނުބެހޭ މުވައްޒަފުންނާއި ކުންފުނި ހިންގުން ހަވާލުކުރުން. އަދި އެފަދަ ދަތުރުތަކުގައި ބޭކާރު, ކަމާނުގުޅޭ މުވައްޒަފުން ބައިވެރި ކުރުމާއި, އަދި ޚަރަދު ކުޑަކުރުމަށް އިސްކަން ނުދިނުން.
  8. ކުންފުނީގައި އޮތް ބިޑް ކޮމިޓީ ބަދަލުކޮށް ބެސްޓު ޕްރެކްޓިސްއާއި ޚިލާފަށް ގާތްމީހުން އެކޮމިޓީއަށް ލުން.
  9. ކުންފުނީގެ މުވައްޒަފުން ނޫން ފަރާތްތަކަށް ކުންފުނީގެ ސެކިއުރިޓީ ޕްރޮސީޖާއާއި ޚިލާފަށް ކުންފުނީގެ ތަންތަނަށް ވަދެ ނުކުމެ އުޅުމުގެ ފުރުސަތު ހުޅުވާފައި ބޭއްވުން އަދި ކުންފުނީގެ ވަސީލަތްތަކަށް އެކްސެސްވެވުން.
  10. ރަސްމީ ބޭނުމެއްގައި ނޫންގޮތަށް ސީއީއޯގެ އާއިލީ ބޭފުޅުން އޮފީހަށް ގެނައުން.
  11. ކުންފުނީގެ މާލީ ހާލަތުހުރި ގޮތަށް ނުބަލާ, ސީއީއޯ ރާއްޖެއިން ބޭރު ދަތުރުތައް ކުރުމާއި, އަދި ދަތުރުކުރާއިރު ބިޒަންސް ކުލާސް ބޭނުން ކުރުމާއި, މަސައްކަތާއި ނުގުޅޭ މުވައްޒަފުން ދަތުރުތަކުގައި ބައިވެރި ކުރުން.
  12. ކުންފުނީގެ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓް އުވާލާނެކަމުގެ ބިރު ދެއްކުމާއި, އިންޓާނަލް އޮޑިޓްގެ މަސައްކަތް މިނިވަންކަމާއެކު ކުރިޔަށް ގެންދިއުމަށް ހުރަސް އެޅުން.

ޕީސީބީގެ ސިޓީގައި ވިދާޅުވެފައިވަނީ އެ ބޯޑުގެ ސިޓީގައި ބަޔާން ކޮށްފައިވާ މައްސަލަތަކަކީ ކޯޕަރޭޓް ގަވަރނަންސް ކޯޑާއި އަދި ޕީސީބީން ހަދާފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި ޚިލާފު އަދި އެބޯޑުގެ ކަންބޮޑުވުން ހުރި ޙައްސާސް މައްސަލަތަކެއް ކަމުން, އެކުންފުނީގައި ހިންގަމުންދާ ކަމަށް ސިޓީގައި ބަޔާން ކޮށްފައިވާ ކަންކަން އިސްލާހުކުރުމަށް އަންގާ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.