މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ސައުތުގެ ފިލްމް އިންޑަސްޓްރީއަށް ތައާރަފް ވުމަށް ތައްޔާރު ވަމުން އަންނަ ބަތަލާ ޖާންވީ ކަޕޫރު އަށް އަނެއްކައިވެސް ސައުތުގެ ފިލްމް އެއް ލިބިއްޖެއެވެ.
ޖާންވީ ސައުތު ފިލްމް އިންޑަސްޓްރީ އަށް ތައާރަފްވަނީ "ދަވަރާ" އިންނެވެ. ސައުތު ފިލްމް ކެރިއައު އޭނާ ފަށާނީ ސައުތުގެ މަޝްހޫރު އެކްތަރު އެންޓީ އާރް ޖޫނިއާ އާއި އެކުގައިއެވެ. މި ފިލްމްގެ މުހިންމު ރޯލަކުން ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ހާން ވެސް ފެނިގެން ދާނެވެ.
ކުރިއަރަމުން އަންނަ ބަތަލާ މި ފަހަރު ސޮއިކޮށްފައި ވަނީ މަޝްހޫރު ތެލެގޫ އެކްޓަރު ރާމް ޗަރަން ބަތަލުގެ ރޯލު ކުޅެން ހަމަޖެހިފައިވާ ފިލްމަކަށެވެ. އަދި ނަމެއް ދީފައި ނުވަ މި ފިލްމް ގެ ވަގުތީ "ނަމަކީ އާރްސީ 16″ އެވެ.
ޖާންވީ އާއި ޗަރަންގެ ފިލްމުގެ މިއުޒިކް އޭއާރް ރަހުމާން މިއުޒިކް ހަދަން ހަމަޖެހިފައިވާ އިރު، މީގެ ޑައިރެކްޓަރަކީ 2021 ގެ ތެލެގޫ ރޮމޭންޓިކް ޑްރާމާ "އުޕެނާ" ގެނެސްދިން ބުޗީ ބާބޫ ސަނާ އެވެ.