މެންބަރު ސަނީފްގެ ތުހުމަތު ޝާހިދާއި މިއުވާން ދޮގު ކުރައްވައިފި

މެންބަރު ސަނީފްގެ ތުހުމަތު ޝާހިދާއި މިއުވާން ދޮގު ކުރައްވައިފި

Author
ހުސެއިން
13 މާރޗް 2024 09:42
0

ކާކުކަން ނޭގޭ ގޮތަށް ހިންގާ ދިޔަވަރު ނޫސް ހިންގަނީ ޝާހިދު އަޑީގައި ހުރެގެން ކުރީގެ ރައީސް އޮފީހުގެ ތަރުޖަމާން މިއުވާންކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ސަނީފް ކުރި ތުހުމަތު އެ ދެބޭފުޅުންވެސް ދޮގު ކޮށްފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލިހުގައި އެންޓި ޑިފެކްޝަން ބިލަށް ވާހަކަ ދައްކަވަމުން ސަނީފު ވިދާޅުވީ އޭނާ ރިޝްވަތު ނެގިކަމަށް ބުނެ ދިޔަވަރު ނޫހުގައި ލިޔެފައިވަނީ ޝާހިދު އަޑީގައި ހުންނަވައިގެން ކަމުގައެވެ.

ޕާޓީގެ މިއަދުގެ ރައީސް ޢަބްދުﷲ ޝާހިދު އުފައްދައިގެން އުޅޭ ނޫހެއްކަމަށްވާ މިއުވާނުގެ ނޫހުގައި ޕާޓީގެ މެންބަރުން ފަޟީޙަތްކުރުމަކީ މިދާ ދައުރުގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ހުރެގެން އަޅުގަނޑު ކުށްވެރިކުރާ ކަމެއް.

ސަނީފު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސަނީފު ވިދާޅުވިއެވެ.

ސަނީގެ ވާހަކައަށް ރައްދު ދެމުން ޝާހިދު ވިދާޅުވީ "މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ ދެކުނު މެންބަރު ސަނީފު ދެއްކެވި ވާހަކައިގައި އޮންލައިންކޮށް ލިޔާ ދިޔަވަރު ކިޔާ ނޫހަކާއި އަޅުގަނޑާއި ގުޅުމެއްވާކަމަށް ވިދާޅުވެދެއްކެވި ވާހަކައަކީ ދޮގުވާހަކަތަކެއް" ކަމުގައެވެ.

މަޖިލީހުގެ އިމްތިޔާޒިް ނިވާފަތްގަނޑަކަށް ބޭނުންކޮށް ދޮގުހެދުމާއި މީސްމީހުންގެ އަބުރަށް އަރަގަތުމަކީ ޑިމޮކްރަސީ އާއި ބީރަށްަޓެހިކަމެކެވެ. ފިނޑިކަމެކެވެ.

ޝާހިދުގެ އެކްސް ޕޯސްޓުގައި ވިދާޅުވިއެވެ.

ސަނީފްގެ ތުހުމަތުތަކާއި ގުޅިގެން މިއުވާން މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ސަނީފް އޭނާގެ ބޮލުގައި އެޅުވީ ދޮގު ތުހުމަތެއް ކަމުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ނިވަލުގައި ފިއްލަވައިގެން ހުންނަވާ، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ސަނީފް އަޅުގަނޑުގެ ބޮލުގަައި މިއަދު އެޅުވީ ދޮގު ތުހުމަތެއް. ހަގީގަތެއް ނެތް ދޮގު ވާހަކަ ދައްކައި، އަޅުގަނޑުގެ އާއިލާ ނުރައްކަލުގެ ތެރެއަށް ވައްޓާލި ސަބަބެއް ސާފުނުވިނަމަވެސް، އަޅުގަނޑަށް ނިސްބަތްކޮށް ދެއްކި ވާހަކައަކީ ދޮގު ވާހަކައެއްކަން ޔަޤީންކޮށް ދަންނަވަން އެނގޭ. އަޅުގަނޑު ނޫސްވެރިކަންކުރާނަމަ ކުރާނީ ކެރިގެން، ފާޅުގައި.

މިއުވާން ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސަނީފް ވިދާޅުވީ ވަޒީރުންނަށް ރުހުން ދިން ދުވަހު ރިޝްވަތު ނެގި މީހުންގެ ވާހަކަ ނުދައްކާ، ޕާޓީގެ ލީޑާޝިޕުން އަޑީގައި އޮވެ އޭނާ ބަދުނާމު ކުރަނީ ޝާހިދު ހިންގަވާ ނޫހަކުން ކަމަށެވެ. އަދި އެ ނޫހަށް ލިޔުއްވަނީ ވެސް ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު މިއުވާން މުހައްމަދު ކަމަށް ސަނީފް ތުހުމަތު ކުރެއްވިއެވެ. އަދި އޭނާ ބަދުނާމް ކުރި ކުރުން ކުށްވެރި ކުރައްވާ ކަމަށް ވެސް ސަނީފް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.