މީރާ ޗޯޕްޅާ ކައިވެނި ކޮށްފި

މީރާ ޗޯޕްޅާ ކައިވެނި ކޮށްފި

Author
ފާތިމަތު ނާވީ
13 މާރޗް 2024 10:57
0

މަޝްހޫރު ތަރިން ކަމަށްވާ ޕްރިޔަންކާ އާއި ޕަރިނީތީ ޗޯޕްޅާއާ ދެބޭންގެ ދެދަރި މީރާ ޗޯޕްޅާ ކައިވެނި ކޮށްފިއެވެ.

ފިލްމީ ކެރިއަރުން މާބޮޑު ކާމިޔާބެއް ލިބިފައި ނުވާ މީރާ ކައިވެނި ކުރީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ގިނަދުވަސްތަކެއް ވެފައިވާ ވިޔަފާވެރިޔާ ރަކްޝިތު ކެޖްރިވާލްއާ އެވެ.

އެ ދެ މީހުންގެ ކައިވެނީގެ ހަފުލާ ވަރަށް ކުލަގަދަކޮށް އިއްޔެ ބޭއްވީ ޖެއިޕޫރްގަ އެވެ. ނަމަވެސް މި ހަފުލާފައި ޕްރިޔަންކާ އާއި ޕަރިނީތީ ވެސް ބައިވެރި ވެފައި އެއް ނުވެއެވެ. މީރާ ވަނީ މި ކައިވެނީގެ ބައެއް ފޮޓޯތަށް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Meera Chopra (@meerachopra)

މާ ބޮޑު މަޝްހޫރު ކަމެއް ލިބިފައި ނުވާ މީރާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ޑިސެމްބަރު ޒީ5 އިން ޕްރީމިއާކުރި "ސަފޭދު" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.