2019 ވަނަ އަހަރުގެ ކާމިޔާބު ފިލްމު "ދޭ ދޭ ޕިޔާރް ދޭ" ގެ ދެވަނަ ބައިގެ ޝޫޓިން ޖޫން މަހުގެ ތެރޭގައި ފަށަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ފިލްމުގެ ލީޑުން ފެނިގެން ގޮސްފައިވަނީ އަޖޭ ދޭވްގަން އާއި ރަކުލް ޕްރީތު ސިންގް އަދި ތަބޫއެވެ. މި ފިލްމް އަކީ ދަރިއެއްގެ އުމުރުގެ ކުއްޖާކާ ހިތާވެވޭ މީހަކަށް ކުރިމަތިލާން ޖެހޭ ކަންތައްތަކެއް މަޖާ ގޮތަކަށް ގެނެސް ދީފައިވާ ފިލްމެކެވެ.
މިދިޔަ އަހަރު "ތޫ ޖޫޓީ، މޭ މައްކާރް" ގެނެސްދިން ޑައިރެކްޓަރު ލަވް ރަންޖަން ޕްރޮޑިއުސްކޮށް، 2019 ގައި ގެނެސްދިން ފިލްމުގެ ސްކްރިޕްޓް ވެސް މިހާރު ނިންމައި، އެ އިތުރަށް ޕޮލިޝްކުރަމުން އަންނަ ކަމަށް ވެސް ރިޕޯޓްތަށް ވަނީ ބުނެފައިއެވެ.
އަދި އަޖޭ މިހާރު ކުލެމުން އަންނަ ރޯހިތު ޝެޓީގެ "ސިންގަމް ރިޓާންސް" ގެ މަސައްކަތް ނިންމައިލެވުމާ އެކީ "ދޭ ދޭ ޕިޔާރު ދޭ 2″ ގެ ޝޫޓިން ފަށާނެ ކަމަށް ރިޕޯޓްތަށް ވަނީ ބުނެފައިއެވެ.
ޑައިރެކްޓަރ ލަވް ރަންޖަން ޕްރޮޑިއުސްކޮށް، އާކިވް އަލީ ޑައިރެކްޓްކޮށް ގެނެސްދިން "ދޭ ދޭ ޕިޔާރު ދޭ" އަކީ އާބަން ރޮމޭންޓިކް ކޮމެޑީއެކެވެ. މި ފިލްމް އަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ފިލްމެކެވެ.