ޝްރައްދާ ސިންގަލް އެއް ނޫން

ޝްރައްދާ ސިންގަލް އެއް ނޫން

Author
ފާތިމަތު ނާވީ
12 މާރޗް 2024 09:41
0

ބޮލީވުޑްގެ ކިއުޓް ބަތަލާ ގެ ގޮތުގައި މަޝްހޫރު ބަތަލާ ޝްރައްދާ ކަޕޫރު ހަޔާތަށް އައު ލޯބިވެރިއަކު އަތުވެއްޖެ ކަމަށް ރިޕޯޓްތަށް ބުނެފިއެވެ.

ޝްރައްދާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ މިދިޔަ އަހަރު ރިލީޒްކުރި ޝްރަދާ އާއި ރަންބީރް ކަޕޫރްގެ ފިލްމުގެ "ތޫ ޖޫޓީ، މޭ މައްކާރު" ގެ ސްކްރީން ރައިޓަރެ ރާހުލް މޯދީއާއިއެވެ. ރިޕޯޓްތައް ބުނާ ގޮތުން ޝްރަދާ އާއި ރާހުލްގެ ގުޅުން މިހާރު ވަރަށް ސީރިއަސް އެވެ.

ރާހުލް އާއި ރައްޓެހި ވުމުގެ ކުރިން ވެސް ޝްރައްދާ ވަނީ ވަރަށް ސީރިއަސް ކޮން މީހަކާއި ރައްޓެހި ވެގެން އުޅެފައިއެވެ. އެއީ ސެލެބްރިޓީ ފޮޓޯގްރާފަރު ރޯހަން ޝްރެޝްތްއެވެ. އޭނާ އާއި އެކު ޝްރައްދާ ވަނީ ރާއްޖޭގައި ޗުއްޓީވެސް ހޭދަކޮށްފައިއެވެ. އަދި ޝްރައްދާ ގެ ފެމެލީ ފަންގްޝަން ތަކުންވެސް އޭނާ ވަނީ ފެނިގެން ގޮސްފައިއެވެ.

 

View this post on Instagram

 

A post shared by HT City (@htcity)

ޝްރައްދާ އާއި ރާހުލް ގެ ލޯބީގެ ވާހަކަ ތަކުގެ އަޑު ގަދަވީ ދެމީހުން އެކުގައި ވެޑިންގ އަށް ދިއަ ހިސާބުންނެވެ. މީގެ ދުވަސްކޮޅެއް ކުރިން ޖަމްނާނަރުގައި ބޭއްވި އިންޑިއާގެ މަހުޖަނު މުކޭޝްގެ އަމްބާނީގެ ހަގު ދަރިފުޅު، އާނަންތު އަމްބާނީގެ ޕްރީ-ވެޑިން ހަފްލާއަށް އެމީހުން ހާޒިރުވީ އެކީގައިއެވެ. މުމްބާއީ ފުރި މަންޒަރާއި ޖަމްލާނަރުގައި އެކީގައި އުޅުނު ފޮޓޯތަކާއި ވީޑިއޯތަކެއް ވެސް އާންމުވެފައިވެ އެވެ.

 

View this post on Instagram

 

A post shared by Shraddha Kapoor (@shraddhakapoor)

ޕާސަން ލައިފް ގެ ވާހަކަ މީޑިއާގައި ނުދައްކާ ބަތަލާ މި ގުޅުމާއި ބެހޭގޮތުން ވެސް އަދި އެއްވެސް ވާހަކައެއް ދައްކައިފައިއެއް ނުވެއެވެ. އަދި އެވާހަކަތަށް މީޑީއާގައި ހާމަ ކުރާނެ ހެން ހިޔެއްވެސް ނުމެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.