އާމްދަނީ އިތުރުކޮށް އިގްތިސާދު ހަރުދަނާ ކުރެވޭ ވަރަކުން މުސާރަ ބޮޑުވާނެ: ރައީސް

އާމްދަނީ އިތުރުކޮށް އިގްތިސާދު ހަރުދަނާ ކުރެވޭ ވަރަކުން މުސާރަ ބޮޑުވާނެ: ރައީސް

Author
އަހުމަދު
11 މާރޗް 2024 05:08
0

ރާއްޖެ އަށް ލިބޭ އާމްދަނީ އިތުރުކޮށް، އިގްތިސާދު ހަރުދަނާ ކުރެވޭ ވަރަކުން ހުރިހާ ދާއިރާތަކެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތައް ބޮޑު ކުރެވޭނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ގެނެސްދޭ "ރައީސްގެ ޖަވާބު"ގެ މިއަދުގެ ސެގްމަންޓްގައި މ. ނާލާފުށި، މަތަރެސްމާގޭ މޫސާ ސޯބިރު ކުރި ސުވާލަކީ ސިވިލް ސާވިސްގައި ހިދުމަތް ކުރާ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމާ ގުޅޭ ގޮތުންނެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތް ކަމަށެވެ. އަދި ރާއްޖެ އަށް އާމްދަނީ އިތުރުވާ ވަރަކުންނާއި އިގްތިސާދު ހަރުދަނާކޮށް ވަރުގަދަ ކުރެވޭ ވަރަކުން މުސާރަތައް ބޮޑު ކުރެވޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލިިހުން ފާސް ކުރި ގާނޫނުގައި ކައުންސިލްތައް ކެޓަގަރައިޒްކޮށްފައި އޮންނަނީ ވަރަށް ދަށް ފަންތިއެއްގައެވެ. އަދި ކެޓަގަރައިޒްކޮށްފައި އޮންނަ ގޮތުން މުސާރަ ބޮޑު ކުރުމުގެ ފުރުސަތު ފިނޭންސް މިނިސްޓްރީ އަށް ނުލިބޭ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރައަކީ ވަރަށް ބޮޑުވެފައި އޮންނަ މައްސަލައެއް ކަމަށެވެ. އަދި އެންމެ ދަންފަތީގެ މީހުންގެ ތެރޭގައި އެމީހުން ހިމެނޭތީ އެކަމަށް ހައްލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލިސް ތެރެއިން ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.