"މަސްތީ" ގެ ހަތަރު ވަނަ ބައި އިއުލާންކޮށްފި

"މަސްތީ" ގެ ހަތަރު ވަނަ ބައި އިއުލާންކޮށްފި

Author
ފާތިމަތު ނާވީ
13 މާރޗް 2024 10:30
0

ބޮލީވުޑްގެ މަޝްހޫރު ފްރެންޗައިޒް "މަސްތީ" ގެ ހަތަރު ވަނަ ފިލްމު އިއުލާންކޮށްފި އެވެ.

ކުރީގެ ތިން ފިލްމުގައި ވެސް ލީޑުން ފެނިގެން ދިއަ ތިން ތަރިން ކަމުގައިވާ ރިތޭޝް ދޭޝްމުކާއި ވިވެކް އޮބެރޯއީގެ އިތުރުން އަފްތާބް ޝިވްދަސާނީއާ އެކީ ހަދަން ނިންމި "މަސްތީ 4″ ގެ ޑައިރެކްޓަރު މި ފަހަރު ވަނީ ބަދަލުވެފަ އެވެ.

ކުރީގެ ތިން ފިލްމު ޑައިރެކްޓްކުރީ އިންދަރު ކުމާރު ކަމަށް ވިޔަސް ހަތަރު ވަނަ ބައި އޭނަ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވެ ހަދާ އިރު، ޑައިރެކްޓަރަކީ މިލަޕް މިލަން ޒަވޭރީ އެވެ.

 

View this post on Instagram

 

A post shared by Milap Zaveri (@milapzaveri)

"މަސްތީ 4″ އިއުލާންކުރި ނަމަވެސް މީގެ ބަތަލާއިންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ. "މަސްތީ" 2004 ގައި ގެނެސް ދިނުމަށް ފަހު "ގްރޭންޑް މަސްތީ" ގެނެސްދިނީ 2013 ގަ އެވެ. އަދި ގްރޭންޑް ގްރޭންޑް މަސްތީ" ރިލީޒްކުރީ 2016 ގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.