"މާޑާ މުބާރަކް" މިމަހު 15 ގައި ނެޓްފްލިކްސްއަށް

"މާޑާ މުބާރަކް" މިމަހު 15 ގައި ނެޓްފްލިކްސްއަށް

Author
ފާތިމަތު ނާވީ
11 މާރޗް 2024 10:45
0

ބޮލީވުޑްގެ ކުރީ ގެ މަޝްހޫރު ބަތަލާ ކަރިޝްމާ ކަޕޫރު 11 އަހަރު ފަހުން ފެނިގެންދާ ފިލްމް "މާޑާ މުބާރަކް" މިމަހު 15 ގައި ނެޓްފްލިކްސް އިން ޕްރިމިއާ ކުރުމަށް ތައްޔާރު ވެއްޖެއެވެ.

މި ފިލްމް އަކީ ހޮރޯ ކޮމެޑީއެކެވެ. މި ފިލްމު ޑައިރެކްޓްކުރީ "ކޮކްޓެއިލް" އާއި "އަނގްރޭޒީ މީޑިއަމް" ގެނެސްދިން ހޯމީ އަދަޖާނިއާ އެވެ. މި ފިލްމްގެ ކާސްޓުގައި ވަރަށް ހުނަރުވެރިން ތިބިކަން ފާހަގަ ކޮށްލެވެއެވެ. "މާޑާ މުބާރަކް" ގެ ކާސްޓްގައި ވިޖޭ ވަރުމާ، ޕަންޖަކް ޓްރިޕަތީ، ޑިމްޕަލް ކަޕާޑިއާ، ސަންޖޭ ކަޕޫރް، ޓިސްކާ ޗޯޕްޅާ އަދި ސުހައިލް ނައްޔަރް ވެސް ހިމެނެ އެވެ.

 

View this post on Instagram

 

A post shared by Netflix India (@netflix_in)

 

މި މަހުގެ 15 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ މި މިސްޓްރީ ތުރިލާ އަކީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ރޮމޭންޓިކް ކޮމެޑީ ބިނާކޮށްފައި ވަނީ ލިޔުންތެރިޔާ އަނޫޖާ ޗޯހަންގެ ވާހަކަ "ކްލަބް ޔޫ ޓު ޑެތު" އަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.