ރަމަޟާން މަހަށް ހަނދު ބެލުން މިރޭ އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވެއްޖެއެވެ. ޝަހީމް ވިދާޅުވީ ހަނދާ ބެހޭ ރަސްމީ ޤަރާރު އިއްވުމަށް ބާއްވާ ޚާއްޞަ ޖަލްސާ މިރޭ 8.30 ގައި އިސްލާމީ މަރުކަޒުގައި ކުރިއަށް ދާނެ ކަމަށެވެ.
ޑީޖޭއޭގެ އިއުލާންގައިވަނީމ ހަނދު ފެނިގެން އެ މަޢުލޫމާތު ދޭއިރު ގާތްގަޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މި ނޫން ވެސް މިފަދަ މުހިންމު މަޢުލޫމާތު ދޭން ވާނެ ކަމުގައެވެ.
ރަމަޟާން މަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން 1445 ޝަޢުބާން 29 (2024 މާރިޗު 10) ވާ އާދީއްތަ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވިފައި ހުންނާނެ ކަމަށްވެސް އިއުލާނުގައި ބުނެފައި ވެއެވެ.
ވީމާ، މި އަހަރުގެ ރަމަޟާންމަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ވީހައި އަވަހަކަށްމާލޭގައިނަމަ، ޑިޕާޓްމަންޓް
އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ރަށްރަށުގައިނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް، އަދި މެޖިސްޓްރޭޓަކު ޤާއިމުވެ ނެތް ރަށެއްގައިނަމަ، އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ ހަނދާބެހޭ މަޢުލޫމާތު ދެއްވުން އެދެމެވެ.
ޑީޖޭއޭއިން ބުނެފައި ވެއެވެ
ހެކިބަސް އަދާކުރުމަށްޓަކައި އައުމާއި، ދިއުމުގެ ޚަރަދު ދޭ ގޮތަށް ވަނީ ހަމަޖެހިފައިވަނީ ޑީޖޭއޭއިންނެވެ.