މާލެ ސަރަހައްދުގައި ކުޅިވަރު މުބާރާތްތަކާއި ޙަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުމުގެ ހުއްދަ އެޗްޕީއޭއިން ދީފިއެވެ.
ކޯވިޑް-19 އިން ރައްކާ ތެރިވުމަށް އަޅައިފައިވާ ޚާއްޞަ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގައި ކުޅިވަރު މުބާރާތްތަކާއި، ހަފްލާތަކާއި، ޖަލްސާތައް ބޭއްވުން މެދު ކަނޑާލާފައިވަނީ މާރޗް މަހުގެ 12 ވަނަ ދުވަހު ރާއްޖޭގައި އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތާއި އެކުގައެއެވެ.
އެޗްޕީއޭއިން ވަނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި އެ އެޖެންސީން ކަނޑައަޅައިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް، ކުޅިވަރު މުބާރާތްތައް ބާއްވަން ހުޅުވައިލާފައެވެ. އަދި ޙަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުމަށް ހުޅުވައިލަން ނިމާފައެވެ. މި ލުއި ދިން ނަމަވެސް ކޮންމެ ރެއެއްގެ 23:00 އިން ފަތިހު 4:00 މާލެ، ވިލިމާލެ، ހުޅުމާލޭގައި ކާފިއު ހިންގާނެ އެވެ. އެ ވަގުތަކުގައި ވެހިކަލް ދުއްވުން މަނާ ވާނެއެވެ. އަދި މާލެ ސަރަހައްދުގައި ރޭގަނޑު 22:30 އިން ފަތިހު 4:00 އަށް ހޮޓާ، ކެފޭ، ރެސްޓޯރަންޓްތައް ހުޅުވާފައި ބެހެއްޓުން މަނާވާނެއެވެ.
މިބަދަލާއިއެކު މާލެ ސަރަހައްދުގައި ކައިވެނި ހަފްލާތަކާއި ސަރުކާރުގެ އެކި ދުވަސްތަކާއި ގުޅިގެން ބާއްވާ ޖަލްސާތަކާއި، ހަފްލާތައް ބޭއްވިގެންދާނެއެެވެ. އެގޮތުން އެންމެ އަވަހަށްވެސް ބޭއްވުމަށް ހަމަޖެހިފައިވާ ސަރުކާރުގެ އެންމެބޮޑު އެއް ހަފްލާއަކީ ޤައުމީ ދުވަހުގެ މުނާސަބަތުގައި މިމަހުގެ މިމަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ގައުމީ އިނާމު ދިނުމުގެ ހަފްލާއެވެ. އެޗްޕީއޭއިން ދީފައިވާ މި ލުޔާއިއެކު މިހަފްލާ ބޭއްވިގެންދާނީ ޚާއްސަ ރަސްމިއްޔާތެއްގައިކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ