ރައީސް ދެއްވީ ކުރެންދޫ ބިމުގެ ދަތިކަމުގެ މައްސަލަ ހައްލުކުރާނެ ކަމުގެ ޔަގީންކަން

ރައީސް ދެއްވީ ކުރެންދޫ ބިމުގެ ދަތިކަމުގެ މައްސަލަ ހައްލުކުރާނެ ކަމުގެ ޔަގީންކަން

Author
އަހުމަދު
09 މާރޗް 2024 02:29
0

ޅ. ކުރެންދޫ ބިމުގެ ދަތިކަމުގެ މައްސަލައަށް ހައްލު ހޯދައި ދިނުމަށް މަސައްކަތްކޮށް ދެއްވާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިގޮތަށް ވިދާޅުވީ ކުރެންދޫ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީއާ ބައްދަލުކުރައްވައި މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު ކުރެންދޫ ޙަބަޝީ ޕްރީސްކޫލުގައެވެ.

ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބަނދަރުގެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި ރަށްގިރުމުގެ މައްސަލަ ހައްލުކުރުމާ ގުޅޭގޮތުންނާއި ބިމުގެ ދަތިކަމަށް ހައްލު ހޯދައިދިނުމާއި އިތުރު ހައުސިންގ ޔުނިޓްއެޅުމާއި އިގްތިސާދީ މަންފާ ހޯދުމަށް ކައުންސިލަށް ރަށެއް ހަމަޖައްސަވައިދެއްވުމުގެ މުހިންމުކަން ހިމެނެއެވެ.

މީގެ އިތުރުން ސްކޫލުގެ މަލްޓި ޕާޕަސް ހޯލް އިމާރާތުގެ މަސައްކަތް އަވަހަށް ނިންމުމާއި ސިއްހީ މަރުކަޒުގެ ހިދުމަތުގެ ފެންވަރު މަތިކުރުމާއި ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް ކުރަންހުރި ކަންތައްތައް ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް ރަށުގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް މުހިންމުކަންތައްތައް ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ކުރެންދޫ ގިރާ ސަރަޙައްދުގެ މައްސަލައަށް އެދެވޭ ހައްލެއް ގެނެސްދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.