އިދިކޮޅު ކޯލިޝަނުން މިރޭ "ނަގައި ހާލި" ނަމުގައި ބާއްވާ ގިނަ ބަޔަކާއިއެކު ފަށައިގެން ކުރިއަށްދާއިރު ލީޑަރޝިޕްގެ ބޭފުޅުން ދަނީ މާލެ ބަންދުގައި ތިބެ ޖަލްސާގައި ބައިވެރިވަމުންނެވެ.
ފުވައްމުލައް ސިޓީ ރަސްމީ ބޯޅަ ދަނޑުގައި ކުރިއަށްދާ ޖަލްސާގައި އެސިޓީގެ އެކި ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުން ތަޢާރަފްކޮށް އެބޭފުޅުންގެ ޝުޢޫރުތައް ދަނީ ފާޅުކުރަމުންނެވެ. ގިނަ އަދަދެއްގެ ބަޔަކު ބާއްވާ މި ޖަލްސާގައި ޝުޢޫރުފާޅުކުރުމަށް ޖަލްސާގައި ބައިވެރިވާ މީހުން ތިބީ ބޯޑުތައްވެސް ހިފަހައްޓައިގެންނެވެ. މިޖަލްސާގައި ޕީޕީއެމްގެ ލީޑަރޝިޕްގެ ބޭފުޅުން ބައިވެރިވުމަަށް އެޗްޕީއޭއަށް ހުށަހެޅި ނަމަވެސް ޖަލްސާ ބާއްވައި ނިމިގެންދާއިރުވެސް ސިޓީގެ ޖަވާބުވެސް ދީފައި ނުވެއެވެ.

މިއީ ފުވައްމުލަކުގައި ކައުންސިލް އިންތިޚާބުގެ ކެންޕެއިން ބާރަށް ކުރިއަށް ގެންދިއުމަށް ބޭއްވޭ ފުރަތަމަ ހަރަކާތް ކަމަށާއި، މި ޖަލްސާއަށްފަހު ފުވައްމުލަކުގައި ކެންޕެއިން ހަރަކާތްތައް ވަރަށް ފުޅާކޮށް ހިންގިގެންދާނެކަމަށް ފުވައްމުލަކު ޕީޕީއެމްގެ އިސްބޭފުޅުން ވިދާޅުވެފައެވެ.

އިދިކޮޅު ކޯލިޝަނުން ރަށު ބަންދުގައި ތިބެ އަތޮޅު ތެރޭގައި ޖަލްސާތައް ބާއްވަން ފައްޓާފައިވާއިރު، އެންމެ ފުރަތަމަ ޖަލްސާ ބާއްވާފައިވަނީ ހއ.ބާރަށުގައެވެ. އޭގެ ފަހުން ލ.މާވަށުގައިވެސް ވަނީ ޖަލްސާއެއް ބާއްވާފައެވެ.
ކޮމެންޓު ފޮނުވާ