ދިރިއުޅުކުގެ ވައްޓަފާޅިއާ ގުޅިފައިވާ ދިގު މުއްދަތަށް ބޭސް ފަރުވާ ކުރަންޖެހޭ ބަލިތައް ނުވަތަ ގައިންގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ ހިރާސްތައް ދެނެގަތުމަށް ކުރެވޭ ދިރާސާ، މާލެ ސަރަހައްދުގައި ފެށުމަށް އެޗްޕީއޭއިން ތައްޔާރުވެއްޖެއެވެ.
އެޗްޕީއޭއިން ވިދާޅުވީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ދިގު މުއްދަތަށް ބޭސް ފަރުވާ ކުރަންޖެހޭ ބަލިތައް ނުވަތަ ގައިން ގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ ހިރާސްތަށް ރާއްޖޭގައިހުރި މިންވަރު ދެނެގަތުމަށް ރާއްޖޭގެ ހުރިހާ ސަރަޙައްދެއް ތަމްޘީލުވާ ގޮތަށް މި ދިޔަ އަހަރު ކުރަން ފަށާފައިވާ ދިރާސާ "ސްޓެޕް ސާރވޭ" މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން މާލެ، ހުޅުމާލެ، ވިލިމާލެ ސަރަޙައްދުގައި ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވާކަމަށެވެ.
މި ސާވޭއަކީ އެޗްޕީއޭއިން އިސް ނަގައިގެން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އާއި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ ގުޅިގެން ކުރިޔަށް ގެންދާ މަސައްކަތެއްކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. މި ސާރވޭ ކުރުމަށް ޤުރުއަތުން ނެގިފައިވާ ގޭގެއަށް މައުލޫމާތު އެއްކުރުމަށް ޒިޔާރަތްކުރާނެއެވެ. ސަރވޭ ގެ މަސައްކަތުގައި ޙަރަކާތްތެރިވާ ފަރާތްތައް ތިއްބަވާނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އިން މިކަމަށް ދޫކޮށްފައިވާ ފާހެއް އަޅުއްވައިގެން ކަމަށާއި، މި ސާރވޭ ކުރިޔަށްގެންދިއުމަށް އެންމެހާ ބޭފުޅުންގެ އެއްބާރުލުމާއި އެހީތެރިކަން ދެއްވުމަކީ ވަރަށް ބޮޑު އެދުމެއްކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ