ރޯދަމަހު ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތައް އިއުލާން ކޮށްފި

ރޯދަމަހު ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތައް އިއުލާން ކޮށްފި

1445 ވަނަ އަހަރުގެ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ފެމިލީ ކޯޓުން ކައިވެނިކޮށްދޭން ހަމަޖެހިފައިވާ ގަޑިތައް އިއުލާން ކޮށްފިއެވެ. އެގޮތުން ފެމިލީ ކޯޓުން ރޯދަމަހާއި އަދި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ކައިވެނި ކޮށްދިނުމަށް ހަމަޖައްސާފައިވަނީ ތިރީގައި އެވާ ގަޑިތަކުގައެވެ.

1) ރަމަޟާން މަހު ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތައް؛

 1.1) ކޯޓުގައި ކައިވެނިކޮށްދޭ ގަޑިތައް:

   ރަސްމީ ދުވަސްތަކުގެ

  – 09:30 އިން 12:30 އަށް.

  – 21:30 އިން 23:30 އަށް.

 1.2) ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ ގަޑިތައް:

   ހަފުތާގެ ކޮންމެ ދުވަހެއްގެ: 21:30 އިން 23:30 އަށް.

2) ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތައް؛

 2.1) ކޯޓުގައި ކައިވެނިކޮށްދޭ ގަޑިތައް:

    ރަސްމީ ދުވަސްތަކުގެ

  – 09:30 އިން 12:30 އަށް.

  – 16:00 އިން 17:30 އަށް.

  – 19:30 އިން 21:30 އަށް.

 2.2) ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ ގަޑިތައް:

   ކޮންމެ ދުވަހެއްގެ: 16:00 އިން 17:30 އަށް.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *