ދިފާއީ ކަންކަމުގައި އެއްބާރުލުން ދިނުމާއިގުޅޭ މަޝްވަރާތައް ކޮށްފި

ދިފާއީ ކަންކަމުގައި އެއްބާރުލުން ދިނުމާއިގުޅޭ މަޝްވަރާތައް ކޮށްފި

ރާއްޖޭގެ ދިފާއީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ޗައިނާގެ އޮފީސް ފޮ އިންޓަނޭޝަނަލް މިލިޓަރީ ކޯޕަރޭޝަންގެ ޑެޕިއުޓީ ޑިރެކްޓާ މޭޖާ ޖެނެރަލް ޖާން ބާއޯޗުން އާ އެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޝްވަރާ ކުރައްވާފިއެވެ. ގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި މަޗްވަރާ ކުރައްވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ޖާން ބާއޯޗުން ކުރެއްވި އިހްތިރާމްގެ ޒިޔާރާތުގެ ބައްދަލުވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާގެ ސަރުކާރުން ދިވެހިރާއްޖެއަށް ދެމުން އަންނަ އެހީތެރިކަމާ އެއްބާރުލުން ޝުކުރާއެކު ފާހަގަ ކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާއާ ޖަން ބޮއާގުން ވަނީ ރާއްޖެއާ ޗައިނާއާ ދެމެދު އިސްތިރާތީޖީ ގޮތުން ގުޅުންތައް ބަދަހި ކުރުމާއި އަދި ދެ ގައުމުގެ ގުޅުން ދިފާއީ ދާއިރާއިން އިތުރަށް ހަރުދަނާ ކުރެއްވުމަށް މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވެސް ވަނީ ކުރިމަގުގައި ދެ ގައުމު އެކުގައި ގުޅިގެން މަސައްކަތްކުރުމުގެ ޝައުވެގުރިކަން ފާޅުކުރައްވައިފައެވެ.

ޗައިނާގެ އޮފީސް ފޮ އިންޓަނޭޝަނަލް މިލިޓަރީ ކޯޕަރޭޝަންގެ ޑެޕިއުޓީ ޑިރެކްޓާ މޭޖާ ޖެނެރަލް ރައީސް މުއިއްޒުއާ ބައްދަލުކުރައްވާފައިވާ އިރު، އިއްޔެ ޗައިނާއިން ވަނީ ރާއްޖެއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ދެ ގައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާ ކޮށްފައި ވާއިރު، ރައީސް މުއިއްޒު ގެންދަވަނީ ޗައިނާ އާއެކު ގާތް ގުޅުމެއް ބާއްވަމުންނެވެ. ދިވެހި ސަރުކާރުގެ އަސްކަރީ ގާބިލްކަން އިތުރު ކުރުމަކީ ވެސް ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ. ޑިފެންސަށް ބޭނުންވާ ބައެއް ޑްރޯންތައް ހޯދުމަށް ތުރުކީއާއެކު ވެސް އެއްބަސްވުމަކަށް ގޮސްފައި ވާއިރު، ކަނޑުގެ ސަރަހައްދު ބަލަހައްޓަން ބޭނުންވާ އިތުރު ވަސީލަތްތައް ހޯދުމަށް އެމެރިކާއިން ފައިސާގެ އެހީއެއް ދިނުމަށް ވާހަކަ ދައްކާފައި ވެއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެންގުޅުނީ އިންޑިއާ އަސްކަރީ އެހީ ހޯދުމުގެ ސިޔާސަތެވެ. ނަމަވެސް އިންޑިއާ ސިފައިން ރާއްޖޭން ފޮނުވާލުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ. އެގޮތުން ރާއްޖޭގައި މިވަގުތު ތިބި އިންޑިއާގެ ސިފައިން އަންނަ މޭ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ބާލަން ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *