ހިތާދޫ ބިން ހިއްކުމުގެ މަސައްކަތް މި އަހަރު ފަށަނީ

ހިތާދޫ ބިން ހިއްކުމުގެ މަސައްކަތް މި އަހަރު ފަށަނީ

Author
އަހުމަދު
04 މާރޗް 2024 11:59
0

ބ. ހިތާދޫ ބިން ހިއްކުމުގެ މަސައްކަތް މި އަހަރު ފައްޓަވާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ބ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ބ. ހިތާދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ހިތާދޫ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަންކަމަށް އިސްކަން ދީގެން މަސައްކަތްކޮށް ދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މި އަހަރަށް ލަފާކޮށް ފާސް ކުރި ބަޖެޓުގައި ވެސް ހިމެނިފައިވާ ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި އެ މަސައްކަތް ވެސް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވައިފައެވެ.

"މި އަހަރުގެ ތެރޭގައި މަސައްކަތް ފެށި، މާލަސްތަކެއް ނުވެ ބިން އިތުރު ވެގެން ދާނެ ކަމުގެ ޔަގީންކަން ދެން،" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ހިތަދޫ ފުޓްބޯޅަ ދަނޑު ހަދައި ވޮލީ ކޯޓާއި ހޭންޑް ބޯޅަ ކޯޓެއް އަޅުއްވައި ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށް، އިތުރު ޑޮކްޓަރުންނާއި މުވައްޒަފުން ހޯދައި ސްކޫލްގެ ޖާގަ އިތުރުކޮށް މަލްޓި ޕާޕަސް ހޯލެއް އަޅުއްވައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.