ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ހަމަލާ ދިން މައްސަލައިގައި މިހާތަނަށް ހަތް މީހަކު ހައްޔަރުކޮށްފިއެވެ.
ޝަމީމަށް ހަމަލާދީފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހެންވޭރު ނޫރު މިސްކިތް ކައިރިންނެވެ. ސައިކަލެއްގައި އައި ދެ މީހުން މަސައްކަތްކޮށްފައި ވަނީ މަރުތޭލެއް ބޭނުންކޮށްގެން ޝަމީމްގެ ބޮލަށް ހަމަލާ ދިނުމަށެވެ. އެކަމަކު، ޝަމީމް އަތް ހޫރާލި ގަޑީގައި އަތުގައި ޖެހިފައި ވަނީ އަތަށް އަނިޔާވެފައެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރި އެންމެން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އެ އެންމެންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ޝަމީމަށް ފަރާލި މީހަކު ވެސް ހިމެނެ އެވެ. ބެލެވޭގޮތުގައި އެއީ ބަޔަކު ދުރާލާ ރާވައިގެން ދިން ހަމަލާއެކެވެ.
ނަމަވެސް އެ ހަމަލާ ދިނީ ކީއްވެ ކަމެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.
ކޮމެންޓު ފޮނުވާ