ރަށު ޕިކަޕުން ނަގާ ފީ އުވާލަން ރައީސް ނިންމަވައިފި

ރަށު ޕިކަޕުން ނަގާ ފީ އުވާލަން ރައީސް ނިންމަވައިފި

Author
އަހުމަދު
03 މާރޗް 2024 06:46
0

އަންނަ މަހުން ފެށިގެން ރަށު ޕިކަޕުން ނަގާ ފީ އުވާލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރ. އަތޮޅަށާއި ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރ.ދުވާފަރަށް ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ ބެޓަރީ އޮޕަރޭޓެޑް ބަގީސްތައް ނުވަތަ ރަށު ޕިކަޕަށް ސަރުކާރުން 1800 ރުފިޔާ ފީއެއްގެ ގޮތުގައި ނަގާ ކަމަށެވެ.

"އެހެންވީމަ މި އަންނަ މަހުން ފެށިގެން އިރާދަކުރެއްވިއްޔާ ރަށު ޕިކަޕުން މި ނަގާ ފީ އެއްކޮށް އުވާލާނަން. އޭރަށް އެ 1،800 ރުފިޔާ ވެސް ސަލާމަތްވާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށު ޕިކަޕަކީ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ވާ ވެހިކަލްތަކެއް ކަމަށާއި އިންޖީނުލީ އުޅަނދުތަކަށްވުރެ ބެޓަރީ ވެހިކަލްތަކުގައި ދަތުރުކުރަން ފަސޭހަވާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ މި މުޖުތަމައުއަކީ ފެހިކަން ގަދަ މުޖުތަމައުއަކަށް ހަދަން،" ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް ވީހާވެސް ގާތުން މަސައްކަތް ކުރުމަށް ކަމަށާއި ރައްޔިތުންނަށް ލުއި ފަސޭހަކޮށްދޭން ކުރެވެން ހުރިހާ ކަމެއް ސަރުކާރުން ކުރަމުންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.